މުބާރާތް
ނަންބަރު: (IUL)258/258/2024/79
ޕަބްލިޝްކުރި ތާރީޚް: 05 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 12:09
ސުންގަޑި: 12 ނޮވެންބަރު 2024 14:00
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިމަހު 25 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ފުޓުސަލް ޗެލެންޖުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުން.

                                                       ނަންބަރ: (IUL)258/258/2024/79     

އިޢުލާން

މިމަހު 25 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ފުޓުސަލް ޗެލެންޖްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުން.

                   ހދ. ނޮޅިވަރަންފަރު އ.ތ.މ. ކޮމެޓީން އަންހެން ކަނބަލުންނަށް އަމާޒުކޮއްގެން 2024 ނޮވެމްބަރު 25 ގައި   ފެށުމަށް  ހަމަޖެހިފައިވާ “WDC Women’s Futsal Challenge 2024” ގައި، ހަނިމާދޫ އ.ތ.މ. ކޮމެޓީގެ ފަރާތުން އަންހެން ފުޓުސަލް ޓީމެއް ބައިވެރި ކުރުމަށް ނިންމާފައިވާތީ، މިޓީމުގައި ބައިވެރިވެލެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2024 ނޮވެމްބަރު 12 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާގައި ނަންނޯޓު ކުރެއްވުން އެދެމެވެ.  

                    މި މުބާރާތަށް ޓީމު ނެގުމަށް ހަމަޖެހިފައިވަނީ ކުޅުންތެރިންގެ ގޮތުގައި ނަންނޯޓުކުރާ ފަރާތްތަކުގެ މެދުގައި ޕްރެކްޓިސް މެޗެއް ބޭއްވުމަށްފަހު ޓީމު ނަގާގޮތަށެވެ. މިޓީމު އެކުލަވާލާނީ ކޯޗުގެ އިރުޝާދުގެ މަތިންނެވެ.

 ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02   ޖުމާދަލްއޫލާ  1446

04   ނޮވެމްބަރު   2024

05 ނޮވެންބަރު 2024