ދިވެހިރާއްޖެ
އިޢުލާން ވަޒީފާގެ ފުރުޞަތު: |
||
މަޤާމް |
އެޑްމިނިސްޓްރޭޓި ވްއޮފިސަރ |
|
މަޤާމުގެ ރޭންކް |
ޖީ. އެސް. 3 |
|
ޢަދަދު |
1 (އެކެއް) |
|
މަސައްކަތްކުރަންޖެހޭ ތަން |
ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓް |
|
އަސާސީ މުސާރަ |
-/4465 ރުފިޔާ |
|
މި މަޤާމަށް ލިބޭ އެލަވަންސް |
ސަރވިސް އެލަވަންސް -/1500 (ފަނަރަސަތޭކަ ރުފިޔާ)، ލިވިންގ އެލަވަންސް -/2550 (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)، ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %20 އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
|
އަސާސީ ޝަރުޠު
|
1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. ނުވަތަ؛ 2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބިފައިވުމާއެކު، ޖީ. އެސް. 2 ގެ ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
|
މަޤާމުގެ މަސްއޫލިއްޔަތު |
ކޯޓުގައި ކުރަންޖެހޭ އިދާރީ ކަންތައްތަކާއި، ޝަރުޢީ ދާއިރާގެ މަސައްކަތްތައް. |
|
ހުށަހަޅަންޖެހޭ ތަކެތި
|
1- ކުރިމަތިލާފައިވާ ފަރާތުގެ ވަނަވަރު 2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަސްލު) 3- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަސްލު) 4- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަޞްލު. މިފަދަ ލިޔުމެއްގައި، މަޤާމުގައިވީ ދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރި ނުވަތަ އަދާކުރާ މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ.) 5- ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ، އެ ވަޒީފާއަކުން ވީއްލުމާމެދު އިޢުތިރާޒު ނުކުރާކަމުގެ ލިޔުން. |
|
ސުންގަޑި |
2015 ޖުލައި 20 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުން އެދެމެވެ. |
|
އިތުރު މަޢުލޫމާތު |
މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް، މި ކޯޓުން ލިބެން ހުންނާނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވެބްސައިޓުން (www.judiciary.gov.mv ން) މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ. |
|
12 ރަމަޟާން 1436 |