ވަޒީފާގެ ފުރުޞަތު
ނަންބަރު: 10/2015
ޕަބްލިޝްކުރި ތާރީޚް: 29 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 10:19
ސުންގަޑި: 20 ޖޫން 2015 14:00
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް

އެޑްމިނިސްޓްރޭޓި ވްއޮފިސަރ                                            

މަޤާމުގެ ރޭންކް

 ޖީ. އެސް. 3

ޢަދަދު

1 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަން

ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓް

އަސާސީ މުސާރަ

-/4465 ރުފިޔާ

މި މަޤާމަށް ލިބޭ އެލަވަންސް

ސަރވިސް އެލަވަންސް -/1500 (ފަނަރަސަތޭކަ ރުފިޔާ)، ލިވިންގ އެލަވަންސް -/2550 (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)، ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %20 އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އަސާސީ ޝަރުޠު

 

 

1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. ނުވަތަ؛

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބިފައިވުމާއެކު، ޖީ. އެސް. 2 ގެ ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

ކޯޓުގައި ކުރަންޖެހޭ އިދާރީ ކަންތައްތަކާއި، ޝަރުޢީ ދާއިރާގެ މަސައްކަތްތައް.

ހުށަހަޅަންޖެހޭ ތަކެތި

 

 

1- ކުރިމަތިލާފައިވާ ފަރާތުގެ ވަނަވަރު

2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަސްލު)

3- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަސްލު)

4- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަޞްލު. މިފަދަ ލިޔުމެއްގައި، މަޤާމުގައިވީ ދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރި ނުވަތަ އަދާކުރާ މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ.)

5- ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ، އެ ވަޒީފާއަކުން ވީއްލުމާމެދު އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.

ސުންގަޑި

2015 ޖުލައި 20 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން،  ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުން އެދެމެވެ.  

އިތުރު މަޢުލޫމާތު

މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް، މި ކޯޓުން ލިބެން ހުންނާނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވެބްސައިޓުން (www.judiciary.gov.mv ން) މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

12 ރަމަޟާން 1436

29 ޖޫން 2015