އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން 2024

(IUL)38-AC/38/2024/479 :ނަންބަރު

 

އިޢުލާން

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން 2024

މި ކޮމިޝަނުގެ ނަންބަރު (IUL)38-AC/38/2024/469 : އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.

2024 ޑިސެންބަރު 14 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަނަށް ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވިއިރު، ގއ. ދެއްވަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލާފައިވަނީ އިންތިޚާބު ކުރަންޖެހޭ އަދަދަށެވެ.

ފުރިހަމަ ނަން

ދާއިމީ އެޑްރެސް

ކުރިމަތިލާފައިވާ ޙައިޘިއްޔަތު

ޙައްވާ ޢަލީދީދީ

މާފަރު / ގއ. ދެއްވަދޫ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް

ޒާހިރާ އިބްރާހީމް

ބީޗްހައުސް / ގއ. ދެއްވަދޫ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް

މަރްޔަމް ނަޢީމް

އަތިރީގެ / ގއ. ދެއްވަދޫ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް

ވީމާ، ގަވާއިދު ނަންބަރު 2020/R-7 (އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ގަވާއިދު) ގެ 42 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ޙައްވާ ޢަލީދީދީ، ޒާހިރާ އިބްރާހީމް އަދި މަރްޔަމް ނަޢީމް ގއ. ދެއްވަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް އިންތިޚާބުވެއްޖެކަން ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ.

04 ނޮވެންބަރު 2024
ހޯދާ