ދިވެހިރާއްޖެ
(IUL)38-AC/38/2024/479 :ނަންބަރު
އިޢުލާން
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން 2024
މި ކޮމިޝަނުގެ ނަންބަރު (IUL)38-AC/38/2024/469 : އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.
2024 ޑިސެންބަރު 14 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަނަށް ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވިއިރު، ގއ. ދެއްވަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލާފައިވަނީ އިންތިޚާބު ކުރަންޖެހޭ އަދަދަށެވެ.
ފުރިހަމަ ނަން |
ދާއިމީ އެޑްރެސް |
ކުރިމަތިލާފައިވާ ޙައިޘިއްޔަތު |
ޙައްވާ ޢަލީދީދީ |
މާފަރު / ގއ. ދެއްވަދޫ |
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް |
ޒާހިރާ އިބްރާހީމް |
ބީޗްހައުސް / ގއ. ދެއްވަދޫ |
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް |
މަރްޔަމް ނަޢީމް |
އަތިރީގެ / ގއ. ދެއްވަދޫ |
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް |
ވީމާ، ގަވާއިދު ނަންބަރު 2020/R-7 (އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ގަވާއިދު) ގެ 42 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ޙައްވާ ޢަލީދީދީ، ޒާހިރާ އިބްރާހީމް އަދި މަރްޔަމް ނަޢީމް ގއ. ދެއްވަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް އިންތިޚާބުވެއްޖެކަން ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ.