ބީލަން ހުށަހެޅުމުގެ ދަޢުވަތު
ގެސްޓް ހައުސް ހަދާ ހިންގުމަށް އއ. މަތިވެރީ ޓޫރިޒަމް ޒޯން 2 ގެ ބިން 3 ކުއްޔަށް ދޫކުރުން
ގެސްޓް ހައުސް ހަދާ ހިންގުމަށް މިރަށުގެ ގެސްޓްހައުސް ޒޯން 2 ގެ ބިން 3، 4000 (ހަތަރު ހާސް) އަކަފޫޓުގެ ބިން 35 (ތިރީސްފައެއް) އަހަރުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބީލަމަށް ރަޖިސްޓްރީކުރުން
|
- މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 7 ނޮވެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ބިޑް ރަޖިސްޓަރީ ކުރުމަށް/ ބިޑް ބައްލަވާ ގަތުމަށް އެދޭ ފޯމުން ބިޑް ރަޖިސްޓްރީ ކުރަންވާނެއެވެ.
- ބިޑް ރަޖިސްޓްރީ ކުރުމުގެ ފީއަކީ -/10,000 (ދިހަހާސް) ރުފިޔާއެވެ. ބިޑް ރަޖިސްޓްރީ ފޯމާއެކު ފީ ދެއްކުމުން ބީލަން ފޮތް ލިބިލައްވާނެއެވެ.
- ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް މިއިޢުލާނާއެކު ޢާންމުކޮށްފައިވާނެއެވެ. ފޯމް މެއިލް ކުރަށްވާނަމަ، [email protected] މެއިލް ކުރެއްވުން އެދެމެވެ.
- މި ބީލަމުގައި ބައިވެރިވެލެއްވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
|
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން
|
- ބީލަންވެރިންނަށް މަޢުލުމާތު ދިނުން އޮންނާނީ، 12 ނޮވެންބަރު 2024 ވާ އަންގާރަ ދުވަހުގެ 13:30ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. މިބައްދަލުވުމަށް ހާޒިރުވެވެން ނެތް ފަރާތްތަށް ބައްދަލުވުމުގައި ބައިވެރިވާނީ އޮންލައިންކޮށެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.
- މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓްތައް ބީލަންވެރިންނަށް މެއިލް ކުރެވޭނެއެވެ.
- ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 14 ނޮވެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލްގެ [email protected] އީމެއިލަށެވެ.
|
ބީލަން ހުށައެޅުން
|
- ބީލަން ބަލާގަތުމާއި ބީލަން ހުޅުވުން އޮންނާނީ 21 ނޮވެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.
- ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
|
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
28 ރަބީޢުލްއާޚިރު 1446
31 އޮކްޓޫބަރު 2024