ބީލަން
ނަންބަރު: (IUL)342/INDIV/2024/105
ޕަބްލިޝްކުރި ތާރީޚް: 31 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 13:11
ސުންގަޑި: 21 އޮކްޓޫބަރު 2024 13:30
އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގެސްޓް ހައުސް ހަދާ ހިންގުމަށް އއ. މަތިވެރީ ޓޫރިޒަމް ޒޯން 2 ގެ ބިން 3 ކުއްޔަށް ދޫކުރުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ގެސްޓް ހައުސް ހަދާ ހިންގުމަށް އއ. މަތިވެރީ ޓޫރިޒަމް ޒޯން 2 ގެ ބިން 3 ކުއްޔަށް ދޫކުރުން

           ގެސްޓް ހައުސް ހަދާ ހިންގުމަށް މިރަށުގެ ގެސްޓްހައުސް ޒޯން 2 ގެ ބިން 3، 4000 (ހަތަރު ހާސް) އަކަފޫޓުގެ ބިން 35 (ތިރީސްފައެއް) އަހަރުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަމަށް ރަޖިސްޓްރީކުރުން

  • މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 7 ނޮވެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ބިޑް ރަޖިސްޓަރީ ކުރުމަށް/ ބިޑް ބައްލަވާ ގަތުމަށް އެދޭ ފޯމުން ބިޑް ރަޖިސްޓްރީ ކުރަންވާނެއެވެ.
  • ބިޑް ރަޖިސްޓްރީ ކުރުމުގެ ފީއަކީ -/10,000 (ދިހަހާސް) ރުފިޔާއެވެ. ބިޑް ރަޖިސްޓްރީ ފޯމާއެކު ފީ ދެއްކުމުން ބީލަން ފޮތް ލިބިލައްވާނެއެވެ.
  • ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް މިއިޢުލާނާއެކު ޢާންމުކޮށްފައިވާނެއެވެ. ފޯމް މެއިލް ކުރަށްވާނަމަ،  [email protected]  މެއިލް ކުރެއްވުން އެދެމެވެ.
  • މި ބީލަމުގައި ބައިވެރިވެލެއްވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

  • ބީލަންވެރިންނަށް މަޢުލުމާތު ދިނުން އޮންނާނީ، 12 ނޮވެންބަރު 2024 ވާ އަންގާރަ ދުވަހުގެ 13:30ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. މިބައްދަލުވުމަށް ހާޒިރުވެވެން ނެތް ފަރާތްތަށް ބައްދަލުވުމުގައި ބައިވެރިވާނީ އޮންލައިންކޮށެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.
  • މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓްތައް ބީލަންވެރިންނަށް މެއިލް ކުރެވޭނެއެވެ.
  • ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 14 ނޮވެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލްގެ [email protected]  އީމެއިލަށެވެ.

ބީލަން ހުށައެޅުން

 

  • ބީލަން ބަލާގަތުމާއި ބީލަން ހުޅުވުން އޮންނާނީ 21 ނޮވެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.
  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.

           މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

              28 ރަބީޢުލްއާޚިރު 1446

              31 އޮކްޓޫބަރު 2024

31 އޮކްޓޫބަރު 2024