ދިވެހިރާއްޖެ
ރަށުތެރޭގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި ރަށުގެ މަގުތަކާއި ، ގޯޅިތައް ސާފުކޮށް މަގު ބޭނުންކުރުމުގައި އުނދަގޫވާގޮތަށް 10 ފޫޓަށް ވުރެ ތިރިއަށް ހުންނަ ރުއްތަކުގެ ފަންތަކާއި ގަސްތައް ކޮށުމަކީ ގޭގެ ވެރިފަރާތްތަކުގެ ޒިންމާއެކެވެ. އެހެންނަމަވެސް މިހާރަކަށް އައިސް މީހުން ދިރިއުޅޭ ގެތަކާއި ، ބައެއް ފަޅު ގޯތިތަކުގެ މަގާއި ގޯޅިތައް އެންމެ އެކަށީގެންވާ ގޮތަށް ސާފުކޮށް ބަލަހައްޓަމުން ނުދާކަން ކައުންސިލަށް ފާހަގަ ކުރެވެއެވެ. ރަށުތެރެ ސާފުތާހިރުކޮށް ބޭއްވުމަކީ އަޅުގަނޑުމެންގެ ކާބަފައިންގެ ޒަމާނުއްސުރެ އޮންނަ ވަރަށް ރީތި އާދައަކަށްވެފައި މިކަމަކީ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކާއި ، ރަށުތެރޭގެ ޒީނަތްތެރިކަމަށްވެސް ވަރަށް މުހިއްމު ކަމަކަށްވާތީ ، ކައުންސިލްގެ އަމާޒަކީ މިކަން ދާއިމީ ގޮތެއްގައި ބެލެހެއްޓޭނެ ގޮތަކަށް އިންތިޒާމްކުރުމެވެ. އަދި މިކަމުގައި ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ކައުންސިލުން ބޭނުންވެއެވެ.
ވީމާ ، 10 ނޮވެމްބަރ 2024ގެ ނިޔަލަށް ހުރިހާ ގެއެއްގެ މަގާއި ގޯޅި ތަކާއި ، މަގަށް އުނދަގޫވާގޮތަށްހުރި ރުއްގަހުގެ ފަންތަކާއި އަފިތައް ކޮށުމަށާއި، މަގާއި ގޯޅީގައި ބަހައްޓާފައި ހުންނަ ތަކެތި ނެގުމަށް ހުރިހާ މުވައްސަސާތަކާއި ،ކްލަބް ޖަމިއްޔާ ޖަމާޢަތްތަކާއި ، މީހުން ދިރިއުޅޭ ގޭގެއާއި ، ފަޅުގޯތިތަކުގެ ވެރިންނަށް އަންގަމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.