ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)301-PJ/301/2024/64
ޕަބްލިޝްކުރި ތާރީޚް: 31 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 12:47
ސުންގަޑި: 10 އޮކްޓޫބަރު 2024 00:00
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ މަގުތަކާއި ގޯޅިތައް ސާފުކުރުމާއިބެހޭ

ރަށުތެރޭގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި ރަށުގެ މަގުތަކާއި ، ގޯޅިތައް ސާފުކޮށް މަގު ބޭނުންކުރުމުގައި އުނދަގޫވާގޮތަށް 10 ފޫޓަށް ވުރެ ތިރިއަށް ހުންނަ ރުއްތަކުގެ ފަންތަކާއި ގަސްތައް ކޮށުމަކީ ގޭގެ ވެރިފަރާތްތަކުގެ ޒިންމާއެކެވެ. އެހެންނަމަވެސް މިހާރަކަށް އައިސް މީހުން ދިރިއުޅޭ ގެތަކާއި ، ބައެއް ފަޅު ގޯތިތަކުގެ މަގާއި ގޯޅިތައް އެންމެ އެކަށީގެންވާ ގޮތަށް ސާފުކޮށް ބަލަހައްޓަމުން ނުދާކަން ކައުންސިލަށް ފާހަގަ ކުރެވެއެވެ. ރަށުތެރެ ސާފުތާހިރުކޮށް ބޭއްވުމަކީ އަޅުގަނޑުމެންގެ ކާބަފައިންގެ ޒަމާނުއްސުރެ އޮންނަ ވަރަށް ރީތި އާދައަކަށްވެފައި މިކަމަކީ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކާއި ، ރަށުތެރޭގެ ޒީނަތްތެރިކަމަށްވެސް ވަރަށް މުހިއްމު ކަމަކަށްވާތީ ، ކައުންސިލްގެ އަމާޒަކީ މިކަން ދާއިމީ ގޮތެއްގައި ބެލެހެއްޓޭނެ ގޮތަކަށް އިންތިޒާމްކުރުމެވެ.  އަދި  މިކަމުގައި ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ކައުންސިލުން ބޭނުންވެއެވެ.

                  ވީމާ ، 10 ނޮވެމްބަރ 2024ގެ ނިޔަލަށް ހުރިހާ ގެއެއްގެ މަގާއި ގޯޅި ތަކާއި ، މަގަށް އުނދަގޫވާގޮތަށްހުރި ރުއްގަހުގެ ފަންތަކާއި އަފިތައް ކޮށުމަށާއި، މަގާއި ގޯޅީގައި ބަހައްޓާފައި ހުންނަ ތަކެތި ނެގުމަށް ހުރިހާ މުވައްސަސާތަކާއި ،ކްލަބް ޖަމިއްޔާ ޖަމާޢަތްތަކާއި ، މީހުން ދިރިއުޅޭ ގޭގެއާއި ، ފަޅުގޯތިތަކުގެ ވެރިންނަށް އަންގަމެވެ.

                  ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.              

31 އޮކްޓޫބަރު 2024