ދިވެހިރާއްޖެ
މި އިދާރާއަށް ބޭނުންވާ ކަބަޑުސެޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ އިޢުލާން ނަންބަރ (IUL)407-CA407/407/2024/42 އާއި ގުޅިގެން ހުށަހެޅިފައިވާ އަގުތަކަކީ މިއިދާރާއިން މި މަސައްކަތައް ހަމަޖެހިފައިވާ ޖުމުލަ ބަޖެޓަށްވުރެ ބޮޑު އަދަދަކަށްވާތީ، އެ އިޢުލާން ބާތިލްކޮށް ކަބަޑުސެޓް ސަޕްލައިކޮށްދިނުމަށް ބީލަން ހުށައެޅުމުގެ ފުރުސަތު އަލުން ހުޅުވާލައިފީމެވެ.
މިތަކެތި ސަޕްލައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތައް 31 އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހުން ފެށިގެން 13 ނޮވެމްބަރ 2024 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓް ކުރެވިފައިވާ "ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭފޯމް" ފުރުމަށްފަހު، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. ރެޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ތާވަލާއި އެއްގޮތަށް، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނެއެވެ. މި އިއުލާނާއި ގުޅޭ ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭފޯމް އަދި މަސައްކަތުގެ މަޢުލޫމާތު ޝީޓް އެއްކަރުދާސް ކުރެވިފައިވާނެއެވެ.
|
ތާރީޚް |
ގަޑި |
ތަން |
އަންދާސީ ހިސާބް ހުށަހެޅުން |
14 ނޮވެމްބަރ 2024 |
10:00 |
ގއ. ވިލިނގިލި ކައުންސިލް އިދާރާގެ މީޓިންގ ރޫމް |