ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)407-CA407/407/2024/55
ޕަބްލިޝްކުރި ތާރީޚް: 31 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 08:28
ސުންގަޑި: 13 ނޮވެންބަރު 2024 13:00
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާއަށް ބޭނުންވާ ކަބަޑުސެޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

މި އިދާރާއަށް ބޭނުންވާ ކަބަޑުސެޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ އިޢުލާން ނަންބަރ (IUL)407-CA407/407/2024/42 އާއި ގުޅިގެން ހުށަހެޅިފައިވާ އަގުތަކަކީ މިއިދާރާއިން މި މަސައްކަތައް ހަމަޖެހިފައިވާ ޖުމުލަ ބަޖެޓަށްވުރެ ބޮޑު އަދަދަކަށްވާތީ، އެ އިޢުލާން ބާތިލްކޮށް ކަބަޑުސެޓް ސަޕްލައިކޮށްދިނުމަށް ބީލަން ހުށައެޅުމުގެ ފުރުސަތު އަލުން ހުޅުވާލައިފީމެވެ.

މިތަކެތި ސަޕްލައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތައް 31 އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހުން ފެށިގެން 13 ނޮވެމްބަރ 2024 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected]   އަށް ގެޒެޓް ކުރެވިފައިވާ "ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭފޯމް"  ފުރުމަށްފަހު، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. ރެޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ތާވަލާއި އެއްގޮތަށް، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނެއެވެ. މި އިއުލާނާއި ގުޅޭ ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭފޯމް އަދި މަސައްކަތުގެ މަޢުލޫމާތު ޝީޓް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

 

ތާރީޚް

ގަޑި

ތަން

އަންދާސީ ހިސާބް ހުށަހެޅުން

14 ނޮވެމްބަރ 2024

10:00

ގއ. ވިލިނގިލި ކައުންސިލް އިދާރާގެ މީޓިންގ ރޫމް

 

31 އޮކްޓޫބަރު 2024