މަޤާމު: ޑިރެކްޓަރ އީ ކޮމާސް އެންޑް މާކެޓިންގ
|
މުސާރައާއި އެލަވަންސް:
|
މަހަކު -/21300 ރުފިޔާ
|
މަޤާމުގެ ރޭންކް
|
EX3
|
ބޭނުންވާ އަދަދު
|
01
|
މަސައްކަތް ކުރަންޖެހޭ ތަން
|
ޕަބްލިކް ސަރވިސް މީޑިއާ
|
ޑިޕާޓްމަންޓް
|
އީ ކޮމާސް އެންޑް މާކެޓިންގ
|
މަޤާމުގެ ޝަރުޠު:
|
- މަސްއޫލިއްޔަތުތަކާ ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީއެއް (ދިވެހިރާއްޖޭގެ ޤައުމީ ސަނަދަތަކުގެ އޮނިގަނޑުގެ ލެވެލް 9ގެ ސަނަދެއް) ހާސިލުކޮށްފަވުން ނުވަތަ ކަނޑައެޅިފައިވާ ދާއިރާގެ މަސައްކަތުގައި 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- އީކޮމާސް އެންޑް މާކެޓިންގ ޑިޕާޓްމެންޓް ހިންގުމާއި ސިޔާސަތުތައް އެކުލަވައިލުން
- އީކޮމާސް އެންޑް މާކެޓިންގ ޑިޕާޓްމެންޓްގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.
- ކުންފުނީގެ ޕްރޮޑަކްސްތައް މާކެޓްކުރުމާއި ވިއްކުމުގައި އިނޮވެޓިވް ގޮތްތައް ބޭނުންކޮށްގެން ތަފާތު ޕްލެޓްފޯމްތައް އުފެއްދުން.
- ކުންފުނީގެ ޕްރޮޑްކްސްތައް ޑިޖިޓައިޒް ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ގޮތްގޮތް ދެނެގަތުމާއި އެކަންކަން އިމްޕްލިމެންޓް ކުރުން
- ކުންފުނީގެ ބްރޭންޑްސްތަކަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ ބްރޭންޑް އައިޑެންޓިޓީސް ކޮންސިސްޓެންޓްކޮށް ބެލެހެއްޓުން.
- އިންޓަރނެޓް މެދުވެރިކޮށް ކުންފުނީގެ ޕްރޮޑަކްޓްސްތައް މާކެޓްކުރުމާއި ވިއްކުން އީކޮމާސް ޕްލެޓްފޯމެއް ޤާއިމުކުރުން)
- ކުންފުނީގެ ޑިޖިޓަލް އަދި މަލްޓި މީޑިޔާ ޕްލެޓްފޯމްތައް ޤާއިމުކުރުން
- ކުންފުނިން ޑިވެލޮޕްކުރަން ބޭނުންވާ އެޕްލިކޭޝަންތައް، އެކިއެކި ޕްރޮގްރާމްތައް ރާވައި، ތައްޔާރުކުރުން (ކުންފުންޏަށް ބޭނުންވާ ވެބްސައިޓުތަކާއި ސޮފްޓްވެއަރ އަދި އެޕްލިކޭޝަންތައް ދެނެގަނެ އެތަކެތި އުފެއްދުމަށް ކުރަންޖެހޭ އެންމެހައި ކަންތައް ކުރުން
|
|
- ކުންފުނީގެ އާކައިވު ޑިޖިޓަލްކޮށް އޮންލައިން ޕްލެޓްފޯމްތަކުގައި މާކެޓްކޮށް ވިއްކުމަށް ބޭނުންވާ ބްރޭންޑްސްތަކާއި ޕްރޮޑަކްސްތައް އުފެއްދުން
- ކުންފުނީގެ އީމާކެޓިންގ ސްޓްރެޓެޖީސްތައް އެކުލަވައިލައި އީމާކެޓިންގ އިތުރަށް ހަރުދަނާކުރުން.
- ކުންފުނީގެ ޓެކްނިކަލް ޓީމުތަކަށާއި ޑިޕާޓްމަންޓްތަކަށް ދޭންޖެހޭ އިނޮވޭޝަން އަދި ކްރިއޭޓިވިޓީ ކޮންސަލްޓެންސީ ދިނުން.
- އިނޮވޭޝަން އާއި ކްރިއޭޓިވިޓީއަށް ކުންފުނީގެ މުވައްޒަފުން އަހުލުވެރިކުރުވުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނު
- ބްރޯޑްކާސްޓިން، މަލްޓިމީޑިއަރ އަދި މާކެޓިންގ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން
- މީގެ އިތުރުން އިނޮވޭޓިވް ޚިޔާލުތަކާއި ކްރިއޭޓިވިޓީގެ މިންވަރަށް ބެލޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ، މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާފަދަ ދާއިރާއެއްގެ މާސްޓަރސް ޑިގްރީ ސެޓުފިކެޓު އަދި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
- ސެޓުފިކެޓު އެކްރެޑިޓް ނުކުރެވި ނުވަތަ އެކްރެޑިޓް ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިޔު.އޭ އިން އެޓެސްޓް ކޮށްފައިވާ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
- ސެޓުފިކެޓު އެކްރެޑިޓް ނުކުރެވިވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- އައިޑީ ކާޑުގެ ފޮޓޯކޮޕީ
- ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.
|
އިންޓަރވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:
|
- އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ސުންގަޑި
|
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2015 ޖުލައި 08 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ/ ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.
|