ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HH/PSM/2015/50
ޕަބްލިޝްކުރި ތާރީޚް: 25 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 13:16
ސުންގަޑި: 08 ޖުލައި 2015 15:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ޑިރެކްޓަރ، އީ ކޮމާސް އެންޑް މާރކެޓިންގ

މަޤާމު: ޑިރެކްޓަރ އީ ކޮމާސް އެންޑް މާކެޓިންގ

މުސާރައާއި އެލަވަންސް:

މަހަކު -/21300 ރުފިޔާ

މަޤާމުގެ ރޭންކް

EX3

ބޭނުންވާ އަދަދު

01

މަސައްކަތް ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

އީ ކޮމާސް އެންޑް މާކެޓިންގ

މަޤާމުގެ ޝަރުޠު:

  • މަސްއޫލިއްޔަތުތަކާ ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީއެއް (ދިވެހިރާއްޖޭގެ ޤައުމީ ސަނަދަތަކުގެ އޮނިގަނޑުގެ ލެވެލް 9ގެ ސަނަދެއް) ހާސިލުކޮށްފަވުން ނުވަތަ ކަނޑައެޅިފައިވާ ދާއިރާގެ މަސައްކަތުގައި 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • އީކޮމާސް އެންޑް މާކެޓިންގ ޑިޕާޓްމެންޓް ހިންގުމާއި ސިޔާސަތުތައް އެކުލަވައިލުން
  • އީކޮމާސް އެންޑް މާކެޓިންގ ޑިޕާޓްމެންޓްގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.
  • ކުންފުނީގެ ޕްރޮޑަކްސްތައް މާކެޓްކުރުމާއި ވިއްކުމުގައި އިނޮވެޓިވް ގޮތްތައް ބޭނުންކޮށްގެން ތަފާތު ޕްލެޓްފޯމްތައް އުފެއްދުން.
  • ކުންފުނީގެ ޕްރޮޑްކްސްތައް ޑިޖިޓައިޒް ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ގޮތްގޮތް ދެނެގަތުމާއި އެކަންކަން އިމްޕްލިމެންޓް ކުރުން
  • ކުންފުނީގެ ބްރޭންޑްސްތަކަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ ބްރޭންޑް އައިޑެންޓިޓީސް ކޮންސިސްޓެންޓްކޮށް ބެލެހެއްޓުން.
  • އިންޓަރނެޓް މެދުވެރިކޮށް ކުންފުނީގެ ޕްރޮޑަކްޓްސްތައް މާކެޓްކުރުމާއި ވިއްކުން އީކޮމާސް ޕްލެޓްފޯމެއް ޤާއިމުކުރުން)
  • ކުންފުނީގެ ޑިޖިޓަލް އަދި މަލްޓި މީޑިޔާ ޕްލެޓްފޯމްތައް ޤާއިމުކުރުން
  • ކުންފުނިން ޑިވެލޮޕްކުރަން ބޭނުންވާ އެޕްލިކޭޝަންތައް، އެކިއެކި ޕްރޮގްރާމްތައް ރާވައި، ތައްޔާރުކުރުން (ކުންފުންޏަށް ބޭނުންވާ ވެބްސައިޓުތަކާއި ސޮފްޓްވެއަރ އަދި އެޕްލިކޭޝަންތައް ދެނެގަނެ އެތަކެތި އުފެއްދުމަށް ކުރަންޖެހޭ އެންމެހައި ކަންތައް ކުރުން

 

  • ކުންފުނީގެ އާކައިވު ޑިޖިޓަލްކޮށް އޮންލައިން ޕްލެޓްފޯމްތަކުގައި މާކެޓްކޮށް ވިއްކުމަށް ބޭނުންވާ ބްރޭންޑްސްތަކާއި ޕްރޮޑަކްސްތައް އުފެއްދުން
  • ކުންފުނީގެ އީމާކެޓިންގ ސްޓްރެޓެޖީސްތައް އެކުލަވައިލައި އީމާކެޓިންގ އިތުރަށް ހަރުދަނާކުރުން.
  • ކުންފުނީގެ ޓެކްނިކަލް ޓީމުތަކަށާއި ޑިޕާޓްމަންޓްތަކަށް ދޭންޖެހޭ އިނޮވޭޝަން އަދި ކްރިއޭޓިވިޓީ ކޮންސަލްޓެންސީ ދިނުން.
  • އިނޮވޭޝަން އާއި ކްރިއޭޓިވިޓީއަށް ކުންފުނީގެ މުވައްޒަފުން އަހުލުވެރިކުރުވުން.

ވަޒީފާއަށް އެންމެ ޤާބިލު ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނު
  • ބްރޯޑްކާސްޓިން، މަލްޓިމީޑިއަރ އަދި މާކެޓިންގ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން
  • މީގެ އިތުރުން އިނޮވޭޓިވް ޚިޔާލުތަކާއި ކްރިއޭޓިވިޓީގެ މިންވަރަށް ބެލޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ، މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާފަދަ ދާއިރާއެއްގެ މާސްޓަރސް ޑިގްރީ ސެޓުފިކެޓު އަދި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
  • ސެޓުފިކެޓު އެކްރެޑިޓް ނުކުރެވި ނުވަތަ އެކްރެޑިޓް ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިޔު.އޭ އިން އެޓެސްޓް ކޮށްފައިވާ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
  • ސެޓުފިކެޓު އެކްރެޑިޓް ނުކުރެވިވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • އައިޑީ ކާޑުގެ ފޮޓޯކޮޕީ
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަރވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

  • އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2015 ޖުލައި 08 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ/ ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.

08 ރަމަޟާން 1436

25 ޖޫން 2015