ކަމަދޫ މަދަރުސާ، ބ. ކަމަދޫ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކަމަދޫ ސްކޫލް ސެކިޔުރިޓީ ބެލެހެއްޓުން
އިޢުލާން ނަންބަރ: (B)GS133/2024/27 ޕްރޮކިއުމަންޓް ނަންބަރ: GS133/223007/06 |
ކަމަދޫ ސްކޫލް
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ބ. ކަމަދޫ، ދިވެހިރާއްޖެ
ބީލަން ހުށައެޅުމުގެ ދަޢުވަތު
2025ވަނަ އަހަރު، ސްކޫލް ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
- 2025 ވަނަ އަހަރު، މި ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ މި ސްކޫލުގެ (B)GS133/2024/25 ނަންބަރ އިޢުލާން (ހުށައަޅާފައިވާ އަގުތައް، އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ) ބާޠިލްކޮށް ފީމެވެ. އެހެންކަމުން، މިއީ މިކަމާ ގުޅިގެންކުރާ ދެވަނަ އިޢުލާނެވެ.
- 2025 ވަނަ އަހަރު (1 ޖެނުއަރީ 2025 އިން 31 ޑިސެމްބަރ 2025 އަށް) މި ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
- މި މަސައްކަތަށް ބީލަން ހުށައެޅޭނެ ފަރާތްތަކުގެ ޝަރުޠުތައް ބީލަން ފޮތުގައި ބަޔާން ކޮށްފައި ވާނެއެވެ.
- މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2024 އޮކްޓޫބަރ 31 އިން 2024 ނޮވެމްބަރ 07 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށައެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
- މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 2024 ނޮވެމްބަރ 7 ވަނަ ދުވަހުގެ 13:00 ގެ ކުރިން، މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
- ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2024 ނޮވެމްބަރ 12 ވާ އަންގާރަ ދުވަހުގެ 11:30 ގައި ކަމަދޫ ސްކޫލު އޮފީހުގައެވެ.
- މި ޕްރޮޖެކްޓާގުޅޭ ބީލަންފޮތް މި އިޢުލާނާއެކު އެޓޭޗް ކޮށްފައި ވާނެއެވެ.
- މި ޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.
ކަމަދޫ ސްކޫލް، އޯކިޑްމަގު، ބ. ކަމަދޫ، ދިވެހިރާއްޖެ، ފޯން: 6600015
- އީ-މެއިލް: [email protected]
- ކޮޕީ އީ-މެއިލް: [email protected]
- ރަޖިސްޓްރޭޝަން ފޯމްގެ ލިންކް: https://docs.google.com/forms/d/1AP_Z9apHIdsM0OUuIX9WtxaIeWl7ih2PUrrUo_MMTT4
28 ރަބީޢުލް އާޚިރު 1446
31 އޮކްޓޫބަރ 2024
31 އޮކްޓޫބަރު 2024
ހޯދާ