މަސައްކަތް
ނަންބަރު: (B)GS133/2024/27
ޕަބްލިޝްކުރި ތާރީޚް: 31 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 08:07
ސުންގަޑި: 07 ނޮވެންބަރު 2024 14:00
ކަމަދޫ މަދަރުސާ، ބ. ކަމަދޫ
ދިވެހިރާއްޖެ
ކަމަދޫ ސްކޫލް ސެކިޔުރިޓީ ބެލެހެއްޓުން

 

އިޢުލާން ނަންބަރ: (B)GS133/2024/27

ޕްރޮކިއުމަންޓް ނަންބަރ: GS133/223007/06

ކަމަދޫ ސްކޫލް

މިނިސްޓްރީ އޮފް އެޑިޔުކޭޝަން        

ބ. ކަމަދޫ، ދިވެހިރާއްޖެ              

ބީލަން ހުށައެޅުމުގެ ދަޢުވަތު

 

2025ވަނަ އަހަރު، ސްކޫލް ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

  1. 2025 ވަނަ އަހަރު، މި ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ މި ސްކޫލުގެ (B)GS133/2024/25 ނަންބަރ އިޢުލާން (ހުށައަޅާފައިވާ އަގުތައް، އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ) ބާޠިލްކޮށް ފީމެވެ. އެހެންކަމުން، މިއީ މިކަމާ ގުޅިގެންކުރާ ދެވަނަ އިޢުލާނެވެ.
  2. 2025 ވަނަ އަހަރު (1 ޖެނުއަރީ 2025 އިން 31 ޑިސެމްބަރ 2025 އަށް) މި ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
  3. މި މަސައްކަތަށް ބީލަން ހުށައެޅޭނެ ފަރާތްތަކުގެ ޝަރުޠުތައް ބީލަން ފޮތުގައި ބަޔާން ކޮށްފައި ވާނެއެވެ.
  4. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2024 އޮކްޓޫބަރ 31 އިން 2024 ނޮވެމްބަރ 07 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށައެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
  5. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 2024 ނޮވެމްބަރ 7 ވަނަ ދުވަހުގެ 13:00 ގެ ކުރިން، މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
  6. ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2024 ނޮވެމްބަރ 12 ވާ އަންގާރަ ދުވަހުގެ 11:30 ގައި ކަމަދޫ ސްކޫލު އޮފީހުގައެވެ.  
  7. މި ޕްރޮޖެކްޓާގުޅޭ ބީލަންފޮތް މި އިޢުލާނާއެކު އެޓޭޗް ކޮށްފައި ވާނެއެވެ.
  8. މި ޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.

ކަމަދޫ ސްކޫލް، އޯކިޑްމަގު، ބ. ކަމަދޫ، ދިވެހިރާއްޖެ،       ފޯން: 6600015

 

28 ރަބީޢުލް އާޚިރު 1446

31 އޮކްޓޫބަރ 2024

31 އޮކްޓޫބަރު 2024