ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބޭންކް އޮފް މޯލްޑިވްސް ކުޑަހުވަދޫ ބްރާންޗް ކުރިމަތީގައި އޮތް ހުސްބިމުގައި ، ކަނޑާފައި ހުރި ރުއްގަސްތައް ނީލަން ކިއުމާއިބެހޭ
އިޢުލާން
ބޭންކް އޮފް މޯލްޑިވްސް ކުޑަހުވަދޫ ބްރާންޗް ކުރިމަތީގައި އޮތް ހުސްބިމުގައި ، ކަނޑާފައި ހުރި ރުއްގަސްތައް ނީލަންކިއުމާއިބެހޭ
- ބޭންކް އޮފް މޯލްޑިވްސް ކުޑަހުވަދޫ ބްރާންޗް ކުރިމަތީގައި އޮތް ހުސްބިމުގައި ، ކަނޑާފައި ހުރި ރުއްގަހުގެ ނީލަންކިއުން 2024 އޮކްޓޫބަރު 30 ވާ ބުދަ ދުވަހުގެ 10:00 ގައި އެ ސަރަޙައްދުގައި އޮންނާނެއެވެ. މިރުއްގަސްތައް ވާނީ ކަނޑާ ބުރިބުރި ކުރެވިފައެވެ.
- ނީލަމުން ނަންގަވާ ތަކެއްޗަށް 2024 އޮކްޓޫބަރު 30 ވަނަ ދުވަހުގެ 13:00 ގެ ކުރިން ފައިސާ ދައްކަވަން ވާނެއެވެ.
- އޮންލައިންކޮށް ފައިސާ ދައްކަން ބޭނުންވާ ފަރާތްތަކުން ފައިސާ ދައްކާނީ 156 000135 7730 ( 1430 ( 01 REVENUE ނަންބަރަށެވެ. އަދި ފައިސާ ދެއްކުމަށްފަހު ފައިސާދެއްކި ސްލިޕް 9781899 ނަންބަރަށް ވައިބަރ ކުރަންވާނެއެވެ.
- އަދި 2024 ނޮވެމްބަރު 07 ވަނަ ދުވަހުގެ ނިޔަލަށް ނީލަމުން ނެންގެވި އެންމެހާ ތަކެއްޗެއް ގެންގޮސް ތަން ސާފުކުރަން ވާނެއެވެ.
- ނީލަމުން ނަގާ ރުއްގަސްތަކަށް ފައިސާ ދެއްކުމަށްފަހު ދެންނެވިފައިވާ މުއްދަތުގެތެރޭގައި އެކަން ނުކޮށްފިނަމަ އެރުއްގަސްތަކާއިމެދު މިއިދާރާއަށް ފެންނަ ގޮތެއްގެމަތީން ޢަމަލު ކުރެވޭނެއެވެ.
- މި ނީލަމާއިގުޅިގެން މަޢުލޫމާތު ސާފްކުރަން ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި 6761005 ނަންބަރާއި ގުޅުއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާނުކުރީމެވެ.
24 ރަބީޢުލްއާޚިރު 1446
26 އޮކްޓޫބަރު 2024
ހޯދާ