ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)381-A/381/2024/29
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 10:52
ސުންގަޑި: 30 އޮކްޓޫބަރު 2024 10:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޭންކް އޮފް މޯލްޑިވްސް ކުޑަހުވަދޫ ބްރާންޗް ކުރިމަތީގައި އޮތް ހުސްބިމުގައި ، ކަނޑާފައި ހުރި ރުއްގަސްތައް ނީލަން ކިއުމާއިބެހޭ

އިޢުލާން

ބޭންކް އޮފް މޯލްޑިވްސް ކުޑަހުވަދޫ ބްރާންޗް ކުރިމަތީގައި އޮތް ހުސްބިމުގައި ، ކަނޑާފައި ހުރި ރުއްގަސްތައް ނީލަންކިއުމާއިބެހޭ

  • ބޭންކް އޮފް މޯލްޑިވްސް ކުޑަހުވަދޫ ބްރާންޗް ކުރިމަތީގައި އޮތް ހުސްބިމުގައި ، ކަނޑާފައި ހުރި ރުއްގަހުގެ ނީލަންކިއުން 2024 އޮކްޓޫބަރު 30 ވާ ބުދަ ދުވަހުގެ 10:00 ގައި އެ ސަރަޙައްދުގައި އޮންނާނެއެވެ. މިރުއްގަސްތައް  ވާނީ ކަނޑާ ބުރިބުރި ކުރެވިފައެވެ.
  •  ނީލަމުން ނަންގަވާ ތަކެއްޗަށް 2024 އޮކްޓޫބަރު 30 ވަނަ ދުވަހުގެ 13:00 ގެ ކުރިން ފައިސާ ދައްކަވަން ވާނެއެވެ.
  •  އޮންލައިންކޮށް   ފައިސާ   ދައްކަން   ބޭނުންވާ   ފަރާތްތަކުން   ފައިސާ  ދައްކާނީ   156 000135  7730  ( 1430   ( 01 REVENUE ނަންބަރަށެވެ. އަދި ފައިސާ ދެއްކުމަށްފަހު ފައިސާދެއްކި ސްލިޕް 9781899 ނަންބަރަށް ވައިބަރ ކުރަންވާނެއެވެ.
  • އަދި 2024 ނޮވެމްބަރު 07 ވަނަ ދުވަހުގެ ނިޔަލަށް ނީލަމުން ނެންގެވި އެންމެހާ ތަކެއްޗެއް ގެންގޮސް ތަން ސާފުކުރަން ވާނެއެވެ. 
  •  ނީލަމުން ނަގާ ރުއްގަސްތަކަށް ފައިސާ ދެއްކުމަށްފަހު ދެންނެވިފައިވާ މުއްދަތުގެތެރޭގައި އެކަން ނުކޮށްފިނަމަ އެރުއްގަސްތަކާއިމެދު މިއިދާރާއަށް ފެންނަ ގޮތެއްގެމަތީން ޢަމަލު ކުރެވޭނެއެވެ.
  • މި ނީލަމާއިގުޅިގެން މަޢުލޫމާތު ސާފްކުރަން ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި 6761005 ނަންބަރާއި ގުޅުއްވުން އެދެމެވެ.

                         މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާނުކުރީމެވެ.

                          24 ރަބީޢުލްއާޚިރު 1446

26 އޮކްޓޫބަރު 2024