ހުޅުދެލީ ސްކޫލް/ ދ.ހުޅުދެލި
ދިވެހިރާއްޖެ
2025 ވަނަ އަހަރު ސްކޫލަށް ދަރިވަރުން ވެއްދުމުގެ ފުރުޞަތު ހުޅުވާލުން

2025 ވަނަ އަހަރު ސްކޫލަށް ދަރިވަރުން ވެއްދުމުގެ ފުރުޞަތު ހުޅުވާލުން

 

   2025 ވަނަ އަހަރަށް މިސްކޫލުގެ ފައުންޑޭޝަން އަދި ގްރޭޑް 1 އަށް އަލަށް ވަންނަންއެދޭ ދަރިވަރުންނަށް އެ ފުރުޞަތު މިހާރުވަނީ ހުޅުވާލެވިފައެވެ. ވީމާ، މިސުކޫލަށް ވައްދަން ބޭނުންވާ ދަރިވަރުން، ތިރީގައި މިދަންނަވާ ލިޔުންތަކާއިއެކު ސުކޫލަށް ވަންނަންއެދޭ ފޯރމް ފުރިހަމަކުރެއްވުމަށްފަހު  14 ނޮވެމްބަރ 2024ވާ ބުރާސްފަތިދުވަހުގެ 12.00ގެ ކުރިން ހުށައެޅުއްވުން އެދެމެވެ.

  • ހާރޑް ކޮޕީ ހުށައަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެޕްލިކޭޝަން ފޯރމް ރަސްމީ ގަޑީގައި ސުކޫލު އޮފީހުން ލިބިވަޑައިގަންނަވާނެއެވެ.

ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް:

  • ދަރިވަރު އަދި ބެލެނިވެރިޔާގެ އައިޑީ ކާޑުގެ ފޮޓޯ ނުވަތަ އައިޑީ ކާޑުގެ ޕީޑީއެފް ކޮޕީ (އައިޑީގެ ދެފުށް ހިމެނޭ ގޮތަށް)
  • ވެކްސިން ދެވިފައިވާގޮތް އަންގައިދޭ ވެކްސިން ކާޑުގެ އަސްލާއި ކޮޕީ
  • ދަރިވަރުގެ ސިއްޙީ އެއްވެސް މައްސަލައެއް ހުރިނަމަ، އެކަމާއިގުޅޭ ލިޔުންތަކުގެ ޕީޑީއެފް ކޮޕީއެއް

ފައުންޑޭޝަން އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމުގައި އަމަލުކުރާނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ނަމްބަރ 22E/CIR/2024/31

( 15 އޮކްޓޫބަރ 2024)ގެ ސަރކިއުލަރ އާއި އެއްގޮތަށެވެ.

ގްރޭޑް

2025 ވަނައަހަރު ދަރިވަރުން ވައްދާ އުމުރުފުރާ

އެލް.ކޭ.ޖީ

2024 ޑިސެންބަރު 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރުން

ޔޫ.ކޭ.ޖީ

2024 ޑިސެންބަރު 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރުން އަދި 2024 ދިރާސީ އަހަރު އެލް.ކޭ. ޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން 2025 ގެ ދިރާސީ އަހަރު (06 އޭޕްރީލް 2025 ގައި ފެށޭ ) ޔޫ.ކޭ.ޖީއަށް ބަދަލު ކުރުވޭނެއެވެ.

ގްރޭޑް-1

2024 ޑިސެމްބަރ 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރުން އަދި 2024ދިރާސީ އަހަރު ޔޫ.ކޭ.ޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން 2025 ގެ ދިރާސީ އަހަރު (06 އޭޕްރީލް 2025 ގައި ފެށޭ) ގްރޭޑް 1 އަށް ބަދަލު ކުރުވޭނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7952918 އަށެވެ. އީ-މެއިލް ކުރައްވާނީ [email protected]   އަށެވެ. 

          

                                    21 رَبِيع ٱلْآخِر 1446

                                    24 އޮކްޓޫބަރ    2024

24 އޮކްޓޫބަރު 2024
ހޯދާ