ދިވެހިރާއްޖެ
2025 ވަނަ އަހަރު ސްކޫލަށް ދަރިވަރުން ވެއްދުމުގެ ފުރުޞަތު ހުޅުވާލުން
2025 ވަނަ އަހަރަށް މިސްކޫލުގެ ފައުންޑޭޝަން އަދި ގްރޭޑް 1 އަށް އަލަށް ވަންނަންއެދޭ ދަރިވަރުންނަށް އެ ފުރުޞަތު މިހާރުވަނީ ހުޅުވާލެވިފައެވެ. ވީމާ، މިސުކޫލަށް ވައްދަން ބޭނުންވާ ދަރިވަރުން، ތިރީގައި މިދަންނަވާ ލިޔުންތަކާއިއެކު ސުކޫލަށް ވަންނަންއެދޭ ފޯރމް ފުރިހަމަކުރެއްވުމަށްފަހު 14 ނޮވެމްބަރ 2024ވާ ބުރާސްފަތިދުވަހުގެ 12.00ގެ ކުރިން ހުށައެޅުއްވުން އެދެމެވެ.
- ހާރޑް ކޮޕީ ހުށައަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެޕްލިކޭޝަން ފޯރމް ރަސްމީ ގަޑީގައި ސުކޫލު އޮފީހުން ލިބިވަޑައިގަންނަވާނެއެވެ.
ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް:
- ދަރިވަރު އަދި ބެލެނިވެރިޔާގެ އައިޑީ ކާޑުގެ ފޮޓޯ ނުވަތަ އައިޑީ ކާޑުގެ ޕީޑީއެފް ކޮޕީ (އައިޑީގެ ދެފުށް ހިމެނޭ ގޮތަށް)
- ވެކްސިން ދެވިފައިވާގޮތް އަންގައިދޭ ވެކްސިން ކާޑުގެ އަސްލާއި ކޮޕީ
- ދަރިވަރުގެ ސިއްޙީ އެއްވެސް މައްސަލައެއް ހުރިނަމަ، އެކަމާއިގުޅޭ ލިޔުންތަކުގެ ޕީޑީއެފް ކޮޕީއެއް
ފައުންޑޭޝަން އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމުގައި އަމަލުކުރާނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ނަމްބަރ 22E/CIR/2024/31
( 15 އޮކްޓޫބަރ 2024)ގެ ސަރކިއުލަރ އާއި އެއްގޮތަށެވެ.
ގްރޭޑް |
2025 ވަނައަހަރު ދަރިވަރުން ވައްދާ އުމުރުފުރާ |
އެލް.ކޭ.ޖީ |
2024 ޑިސެންބަރު 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރުން |
ޔޫ.ކޭ.ޖީ |
2024 ޑިސެންބަރު 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރުން އަދި 2024 ދިރާސީ އަހަރު އެލް.ކޭ. ޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން 2025 ގެ ދިރާސީ އަހަރު (06 އޭޕްރީލް 2025 ގައި ފެށޭ ) ޔޫ.ކޭ.ޖީއަށް ބަދަލު ކުރުވޭނެއެވެ. |
ގްރޭޑް-1 |
2024 ޑިސެމްބަރ 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރުން އަދި 2024ދިރާސީ އަހަރު ޔޫ.ކޭ.ޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން 2025 ގެ ދިރާސީ އަހަރު (06 އޭޕްރީލް 2025 ގައި ފެށޭ) ގްރޭޑް 1 އަށް ބަދަލު ކުރުވޭނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7952918 އަށެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.
21 رَبِيع ٱلْآخِر 1446
24 އޮކްޓޫބަރ 2024