މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

މިއިދާރާގެ ނަންބަރު:  (IUL)305-ME305/305/2024/108(15 އޮކްޓޯބަރ 2024) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކޯޓޭޝަން ހުށަހަޅާފައިނުވާތީ، އެޢިލާން ބާޠިލްކޮށް އަލުން އިޢުލާން ކުރީމެވެ.

ތިރީގައިވާ މަސައްކަތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  1. ރ.މާކުރަތު ރަސްމީ ފުޓްބޯޅަދަނޑުގެ ބެންޗުތައް މަރާމާތުކުރުން (4 ބެންޗު)

-    ބެންޗްގެ ބިތްދޮށުގައި ޖަހާނީ ފައިބަރު 1 ސެޓެވެ. އަދި ބޭރުފުށުގައި ހުދުކުލައިގެ ޖެލް ޖަހަންވާނެއެވެ. ފައިބަރު ފިލާ ހަރުކުރުމަށް ޖަހާނީ މިހާރުވެސް ބެންޗްގައި ޖަހާފައިވާ އެސް.އެސް އެލަންކީ އިސްކުރެވެ.

-    ބެންޗުގެ މިންތައް: ބޭރު ކަވަރގެ އުސްމިން 6 ފޫޓް 11 އިންޗި، ބޭރު ކަވަރގެ ފުޅާމިން 3 ފޫޓް 3 އިންޗި × ސީޓްގެ ފުޅާމިން 9  ފޫޓް 8 އިންޗި، ސީޓްގެ ދިގުމިން 10 ފޫޓް

  1. ގޯލްދާގަނޑު ސަޕްލައިކުރުން (2 ގޯލް)

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ކައުންސިލް އިދާރާގެ ކައުންޓަރަށް ނުވަތަ އީމެއިލް  މެދުވެރިކޮށް ([email protected]) ށް އަގު ހުށަހެޅުއްވުން އެދެމެވެ. އަދި އަގު ހުށަހަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ކަންތައްތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

  1. މަސައްކަތަކަށް ކަނޑައަޅާ އަގު އެނގޭނެ ގޮތަށް ތަފްޞީލާއެކު ހުށަހެޅުން (ކޯޓޭޝަން)
  2. މިމަސައްކަތްތަކަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

23 އޮކްޓޫބަރު 2024
ހޯދާ