ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރު: (IUL)305-ME305/305/2024/108(15 އޮކްޓޯބަރ 2024) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކޯޓޭޝަން ހުށަހަޅާފައިނުވާތީ، އެޢިލާން ބާޠިލްކޮށް އަލުން އިޢުލާން ކުރީމެވެ.
ތިރީގައިވާ މަސައްކަތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- ރ.މާކުރަތު ރަސްމީ ފުޓްބޯޅަދަނޑުގެ ބެންޗުތައް މަރާމާތުކުރުން (4 ބެންޗު)
- ބެންޗްގެ ބިތްދޮށުގައި ޖަހާނީ ފައިބަރު 1 ސެޓެވެ. އަދި ބޭރުފުށުގައި ހުދުކުލައިގެ ޖެލް ޖަހަންވާނެއެވެ. ފައިބަރު ފިލާ ހަރުކުރުމަށް ޖަހާނީ މިހާރުވެސް ބެންޗްގައި ޖަހާފައިވާ އެސް.އެސް އެލަންކީ އިސްކުރެވެ.
- ބެންޗުގެ މިންތައް: ބޭރު ކަވަރގެ އުސްމިން 6 ފޫޓް 11 އިންޗި، ބޭރު ކަވަރގެ ފުޅާމިން 3 ފޫޓް 3 އިންޗި × ސީޓްގެ ފުޅާމިން 9 ފޫޓް 8 އިންޗި، ސީޓްގެ ދިގުމިން 10 ފޫޓް
- ގޯލްދާގަނޑު ސަޕްލައިކުރުން (2 ގޯލް)
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ކައުންސިލް އިދާރާގެ ކައުންޓަރަށް ނުވަތަ އީމެއިލް މެދުވެރިކޮށް ([email protected]) ށް އަގު ހުށަހެޅުއްވުން އެދެމެވެ. އަދި އަގު ހުށަހަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ކަންތައްތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.
- މަސައްކަތަކަށް ކަނޑައަޅާ އަގު އެނގޭނެ ގޮތަށް ތަފްޞީލާއެކު ހުށަހެޅުން (ކޯޓޭޝަން)
- މިމަސައްކަތްތަކަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.