ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮޕަރޭޝަން ކުރަނގި ފެށުމާއި ގުޅޭ:

ދިވެހި ރާއްޖޭގައި ދިމާވެފައިވާ ބިދޭސީންގެ މައްސަލަތައް ޙައްލުކުރުމުގެ ގޮތުން ސަރުކާރުން އޮޕަރޭޝަން ކުރަނގީގެ މަސައްކަތް  ދަނީ ކުރަމުންނެވެ. އެހެންކަމުން ކުމުންދޫގެ ބިދޭސީންގެ މަޢުލޫމާތު އަދާހަމަކުރުމުގެ ގޮތުން  20 އޮކްޓޯބަރ 2024 ވަނަ ދުވަހުން ފެށިގެން ހދ ކުމުންދޫގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތް ކުރަމުންދާ ވާހަކަ ދަންނަވަމެވެ.

ވީމާ، މިރަށުގައި ބިދޭސީން ގެންގުޅޭ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި، ބިދޭސީންގެ އާންމު މަޢުލޫމާތު އަދި ބަޔޯމެޓްރިކްސް ނެގޭނެ ވާހަކަ ދެންނެވީމެވެ. ބިދޭސީން ގެންގުޅޭ ފަރާތްތަކުން މި ކަމުގައި ކައުންސިލަށް އެއްބާރުލުންދެއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

23 އޮކްޓޫބަރު 2024
ހޯދާ