ޢާންމު މަޢުލޫމާތު
                	
                ނަންބަރު: (IUL)267-ESMS/267/2024/65
                    ޕަބްލިޝްކުރި ތާރީޚް: 23 އޮކްޓޫބަރު 2024
                    ޕަބްލިޝްކުރި ގަޑި:  19:47
                                            ސުންގަޑި: 
                            31 އޮކްޓޫބަރު 2024 14:00
                        
                    
                ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
އޮޕަރޭޝަން ކުރަނގި ފެށުމާއި ގުޅޭ:
                                ދިވެހި ރާއްޖޭގައި ދިމާވެފައިވާ ބިދޭސީންގެ މައްސަލަތައް ޙައްލުކުރުމުގެ ގޮތުން ސަރުކާރުން އޮޕަރޭޝަން ކުރަނގީގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެހެންކަމުން ކުމުންދޫގެ ބިދޭސީންގެ މަޢުލޫމާތު އަދާހަމަކުރުމުގެ ގޮތުން 20 އޮކްޓޯބަރ 2024 ވަނަ ދުވަހުން ފެށިގެން ހދ ކުމުންދޫގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތް ކުރަމުންދާ ވާހަކަ ދަންނަވަމެވެ.
ވީމާ، މިރަށުގައި ބިދޭސީން ގެންގުޅޭ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި، ބިދޭސީންގެ އާންމު މަޢުލޫމާތު އަދި ބަޔޯމެޓްރިކްސް ނެގޭނެ ވާހަކަ ދެންނެވީމެވެ. ބިދޭސީން ގެންގުޅޭ ފަރާތްތަކުން މި ކަމުގައި ކައުންސިލަށް އެއްބާރުލުންދެއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
                23 އޮކްޓޫބަރު 2024