މަޤާމު: ޑިރެކްޓަރ
|
ކްލެސިފިކޭޝަން: ޑިރެކްޓަރ
|
ރޭންކް: އީ.އެސް 1
|
މުސާރަ: -/8835
|
ސަރވިސް އެލަވަންސް: -/2000
|
ބޭނުންވާ އަދަދު: 1
|
ސްޕެޝަލް އެލަވަންސް: މުސާރައިގެ %35
|
ޑިވިޜަން: ހިއުމަން ރިސޯސް އެންޑް ޓްރެއިނިންގ
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު
|
- މިނިސްޓްރީއަށް ވައްދާ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، ވަކި ކުރުމާއި، ބަދަލުކުރުމާ ބެހޭ ކަންތައްތައް ސުޕަވައިޒްކުރުން
- މިނިސްޓްރީގެ މުވައްޒަފުންނަށް ބޭނުންވާ ޓްރެއިނިންގތަކަކީ ކޮބައިތޯ ބަލައި އެ ޓްރެއިނިންގތައް ހިންގުން އަދި ދެވޭ ޓްރޭނިންގ އާއި ސްކޮލަރޝިޕްތަކަށް މުވައްޒަފުން ފޮނުވުމުގެ ކަންތައް ބެލެހެއްޓުމާއި ސުޕަވައިޒްކުރުން
- މުވައްޒަފުންގެ ރެކޯޑު ފައިލްތައް އަދި ރެކޯޑް ޝީޓު އަޕްޑޭޓްކޮށް ބެލެހެއްޓުމާއި ރެފަރެންސް ސިޓީތައްޔާރު ކުރުމާއި ސުޕަވައިޒްކުރުން
- އެޗް.އާރ ކޮމެޓީ ގަވާއިދުން ބޭއްވުމާއި އެކޮމެޓީއަށް ހުށަހެޅޭ ކަންތައްތައް ވިލަރެސްކޮށް ސުޕަވައިޒްކުރުން.
- މުވައްޒަފުންގެ އިތުރުގަޑީގެ ހާޒިރީއާއި މުސާރަ ދިނުމަށް ތައްޔާރުކުރާ އިތުރުގަޑީގެ ހިސާބުކުރުމުގެ ކަންތައްތަކާއި، މުވައްޒަފުންގެ ފޯނު އެލަވަންސްދިނުމުގެ ކަންތައްތައް ސުޕަވައިޒްކުރުން.
- މުވައްޒަފުންގެ ރަޖިސްޓަރީ ބެލެހެއްޓުމާއި، މުވައްޒަފުންގެ ޕާރފޯމަންސް އެޕްރޭޒަލް ފޯމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް އެކަން ބެލެހެއްޓުމުގެ ކަންތައް ސުޕަވައިޒުކުރުން.
- މުވައްޒަފުންގެ ވަޒީފާ ބަޔާން ތައްޔާރުކުރުމުގެ ކަންތައް ސުޕަވައިޒްކުރުން.
- އަލަށް އޮފީހަށް ވަންނަ މުވައްޒަފުންގެ އޮރިއެންޓޭޝަން ޕްރޮގްރާމްގެ ކަންތައް ހިންގުމާއި މިނިސްޓްރީން އެކިއެކި އޮފީސްތަކަށް މުވައްޒަފުން ވީއްލުމުގެ ކަންތައްތައް ސުޕަވައިޒުކުރުން.
- ޙަވާލުކުރެވިފައިވާ މަސައްކަތްތަކާބެހޭ ލިޔެކިޔުންތައް ނިމުމުން ދުވަހުން ދުވަހަށް ގަވާއިދުން ފައިލްކުރުމާއި އެކަންތައްތައް ސުޕަވައިޒްކުރުން.
|
ޝަރުޠު (ތައުލީމާއި ތަޖުރިބާ)
|
- މަޤާމު މަސައްކަތާ ގުޅޭ (ހިއުމަން ރިސޯސް މެނޭޖްމަންޓް/ އިންޓަރނޭޝަނަލް ރިލޭޝަން/ މެނޭޖްމަންޓް) މިފަދަ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،
|
މާޤާމު: ސީނިއަރ ޑެސްކް އޮފިސަރ
|
ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގރ 2
|
ރޭންކް: އެމް.އެސް 2
|
މުސާރަ : -/6295 ރ
|
ސަރވިސް އެލަވަންސް: -/2000 ރ.
|
ބޭނުންވާ އަދަދު: 1
|
ސްޕެޝަލް އެލަވަންސް: މުސާރައިގެ %35
|
ޑިވިޜަން: ޕޮލިސީ ޕްލެއިންގ
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު
|
- ސަރުކާރުގެ ޚާރިޖީ ސިޔާސަތު ހާސިލުކުރުމަށް ބޭނުންވާ އެކި ސްޓްރެޓެޖީޒްތައް އެކުލަވާލުމުގެ މަސައްކަތާ ގުޅިގެން ހަވާލުކުރެވޭ މަސްއޫލިއްޔަތުތައް އަދާކުރުން؛
- ޚާރިޖީ ވުޒާރާގެ 'ސްޓްރެޓެޖިކް ޕްލޭން' ތަންފީޒު ކުރެވޭ މިންވަރު ދެނެގަތުމަށް ކުރެވޭ މަސައްކަތާ ގުޅިގެން ހަވާލުކުރެވޭ މަސްއޫލިއްޔަތުތައް އަދާކުރުން؛
- ރާާއްޖެއާ ގުޅުން ބަދަހިކުރެވިފައިވާ ހުރިހާ ޤައުމަކާ ގުޅޭގޮތުން ރާއްޖެއިން ގެންގުޅޭނެ ސިޔާސަތާބެހޭ ލިޔުންތައް ތައްޔާރުކުރުމަށް އެހީތެރިވެދިނުން؛
- ދުނިޔޭގެ ސިޔާސީ އަދި އިޤުތިޞާދީ މަސްރަހަށް އަންނަ އެކި ބަދަލުތައް ދެނެގަތުމަށް އެކި ޚަބަރުތައް ކިޔާ، ކަނޑައެޅިފައި އޮންނަ ގަވާއިދުން ޑިވިޜަންގެ ވެރިންނާއި ހިއްސާކުރުން؛
- ދިވެހި ސަރުކާރުން އެކި ޤައުމުތަކާއެކު ގުޅުން ބަދަހިކުރުމުގައި ގެންގުޅުއްވަންޖެހޭ މިންގަނޑުތަކާ ގުޅޭގޮތުން ތައްޔާރުކުރެވޭ ޕޭޕަތުތައް ތައްޔާރު ކުރުމަށް އެހީތެރިވެދިނުން؛
- ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަން އަދި ކޮންސިއުލަރ އޮފީސްތަކަށް ރާއްޖޭގެ ސިޔާސަތުތަކާ ގުޅޭގޮތުން ތައްޔާރު ކުރެވޭ ބްރީފް ޕޭޕަރުތައް ތައްޔާރުކުރުމަށް އެހީތެރިވެދިނުން؛
- ރައީސުލްޖުމްހޫރިއްޔާ އާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ބޭނުންވާ ޕޮލިސީ ބްރީފް ތައްޔާރު ކުރުމަށް އެހީތެރިވެދިނުން؛
- ބައިނަލްއަޤްވާމީ އިންތިޚާބުތަކުގައި ރާއްޖޭގެ ތާއީދު ގެންގުޅޭނެ ގޮތާ ގުޅޭގޮތުން ކުރެވޭ ދިރާސާތަކަށް އެހީތެރިވެދިނުން؛
|
ޝަރުޠު (ތަޢުލީމާއި ތަޖުރިބާ)
|
- މަޤާމުގެ މަސައްކަތާ ގުޅޭ (އިންޓަރނޭޝަނަލް ރިލޭޝަން، ސޯސިއަލް ސްޓަޑީސް، އިކޮނަމިކްސް، ޕޮލިޓިކަލް ސައިންސް، މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން) މިފަދަ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގައި ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގައި ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
- މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގައި ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
އިނާޔަތް:
|
އިތުރުގަޑީގައި މަސައްކަތް ކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.
|
ވަޒީފާ އަދާކުރައްވަންޖެހޭ ތަން:
|
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ބެލޭނެ ކަންތައްތަށް
(އީ.އެކްސް 1)
|
ތަޢުލީމާއި ތަމްރީނު
މަސައްކަތުގެ ތަޖުރިބާ
ލިބިފައިވާ ހުނަރު (އިންޓަރވިއު/ ޕްރެކްޓިކަލް)
|
40%
10%
50%
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ބެލޭނެ ކަންތައްތައް
(އެމް.އެސް 2 – ޖީއެސް 3)
|
ތަޢުލީމާއި ތަމްރީނު
މަސައްކަތުގެ ތަޖުރިބާ
ލިބިފައިވާ ހުނަރު (އިންޓަރވިއު/ ޕްރެކްޓިކަލް)
|
45%
15%
40%
|
އިންޓަރވިއު އޮންނާނެ
މުއްދަތު
|
އިންޓަރވިއު އޮންނާނީ 16-23 ޖުލައި 2015 އާ ދެމެދުގެ ތާރީޚެއްގައެވެ. އިންޓަރވިއު އޮންނާނެ ސީދާ ދުވަސް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް އެންގޭނެއެވެ.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:
|
13 ޖުލައި ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށެވެ.
|
ހުށަހަޅަންޖެހޭ ތަކެތި
|
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މިނިސްޓްރީގެ ވެބްސައިޓް www.foreign.gov.mv އިން އަދި މިއިދާރާއިން ލިބެން ހުންނާނެއެވެ.
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- ސަރުކާރު ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ވަޒީފާއަށް ހޮވިއްޖެނަމަ، ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.
- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)
|
ސަމާލުކަމަށް
|
އިސްވެ ދެންނެވުނު ތަކެތި ހަމަނުކުރައްވާ ހުށަހަޅުއްވާ ފޯމުތައް ބާޠިލުކުރެވޭނެއެވެ.
އަދި ޝަރުޠު ހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އިންޓަރވިއު ކުރުމަށްފަހު މަޤާމުތަކަށް ހޮވިވަޑައިގަންނަވާ ބޭފުޅުންނަށް އެކަން މިނިސްޓްރީން އެންގޭނެއެވެ.
|
އިތުރު މަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި 3304168/ 3304184 އަށް ގުޅުއްވުން އެދެމެވެ.
އީމެއިލް ކުރައްވާނީ [email protected] އަށެވެ.
|