ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)25-A5/1/2015/41
ޕަބްލިޝްކުރި ތާރީޚް: 25 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 14:53
ސުންގަޑި: 13 ޖުލައި 2015 12:00
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި މިނިސްޓްރީގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމު: ޑިރެކްޓަރ

ކްލެސިފިކޭޝަން: ޑިރެކްޓަރ

ރޭންކް: އީ.އެސް 1

މުސާރަ: -/8835

ސަރވިސް އެލަވަންސް: -/2000      

ބޭނުންވާ އަދަދު: 1

ސްޕެޝަލް އެލަވަންސް: މުސާރައިގެ %35

ޑިވިޜަން: ހިއުމަން ރިސޯސް އެންޑް ޓްރެއިނިންގ 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

  • މިނިސްޓްރީއަށް ވައްދާ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، ވަކި ކުރުމާއި، ބަދަލުކުރުމާ ބެހޭ ކަންތައްތައް ސުޕަވައިޒްކުރުން
  • މިނިސްޓްރީގެ މުވައްޒަފުންނަށް ބޭނުންވާ ޓްރެއިނިންގތަކަކީ ކޮބައިތޯ ބަލައި އެ ޓްރެއިނިންގތައް ހިންގުން އަދި ދެވޭ ޓްރޭނިންގ އާއި ސްކޮލަރޝިޕްތަކަށް މުވައްޒަފުން ފޮނުވުމުގެ ކަންތައް ބެލެހެއްޓުމާއި ސުޕަވައިޒްކުރުން
  • މުވައްޒަފުންގެ ރެކޯޑު ފައިލްތައް އަދި ރެކޯޑް ޝީޓު އަޕްޑޭޓްކޮށް ބެލެހެއްޓުމާއި ރެފަރެންސް ސިޓީތައްޔާރު ކުރުމާއި ސުޕަވައިޒްކުރުން
  • އެޗް.އާރ ކޮމެޓީ ގަވާއިދުން ބޭއްވުމާއި އެކޮމެޓީއަށް ހުށަހެޅޭ ކަންތައްތައް ވިލަރެސްކޮށް ސުޕަވައިޒްކުރުން.
  • މުވައްޒަފުންގެ އިތުރުގަޑީގެ ހާޒިރީއާއި މުސާރަ ދިނުމަށް ތައްޔާރުކުރާ އިތުރުގަޑީގެ ހިސާބުކުރުމުގެ ކަންތައްތަކާއި، މުވައްޒަފުންގެ ފޯނު އެލަވަންސްދިނުމުގެ ކަންތައްތައް ސުޕަވައިޒްކުރުން.
  • މުވައްޒަފުންގެ ރަޖިސްޓަރީ ބެލެހެއްޓުމާއި، މުވައްޒަފުންގެ ޕާރފޯމަންސް އެޕްރޭޒަލް ފޯމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް އެކަން ބެލެހެއްޓުމުގެ ކަންތައް ސުޕަވައިޒުކުރުން.
  • މުވައްޒަފުންގެ ވަޒީފާ ބަޔާން ތައްޔާރުކުރުމުގެ ކަންތައް ސުޕަވައިޒްކުރުން.
  • އަލަށް އޮފީހަށް ވަންނަ މުވައްޒަފުންގެ އޮރިއެންޓޭޝަން ޕްރޮގްރާމްގެ ކަންތައް ހިންގުމާއި މިނިސްޓްރީން އެކިއެކި އޮފީސްތަކަށް މުވައްޒަފުން ވީއްލުމުގެ ކަންތައްތައް ސުޕަވައިޒުކުރުން.
  • ޙަވާލުކުރެވިފައިވާ މަސައްކަތްތަކާބެހޭ ލިޔެކިޔުންތައް ނިމުމުން ދުވަހުން ދުވަހަށް ގަވާއިދުން ފައިލްކުރުމާއި އެކަންތައްތައް ސުޕަވައިޒްކުރުން.

ޝަރުޠު (ތައުލީމާއި ތަޖުރިބާ)

 

  • މަޤާމު މަސައްކަތާ ގުޅޭ (ހިއުމަން ރިސޯސް މެނޭޖްމަންޓް/ އިންޓަރނޭޝަނަލް ރިލޭޝަން/ މެނޭޖްމަންޓް) މިފަދަ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

މާޤާމު: ސީނިއަރ ޑެސްކް އޮފިސަރ

ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގރ 2

ރޭންކް: އެމް.އެސް 2

މުސާރަ : -/6295 ރ

ސަރވިސް އެލަވަންސް: -/2000 ރ.       

ބޭނުންވާ އަދަދު: 1

ސްޕެޝަލް އެލަވަންސް: މުސާރައިގެ %35

ޑިވިޜަން: ޕޮލިސީ ޕްލެއިންގ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

  • ސަރުކާރުގެ ޚާރިޖީ ސިޔާސަތު ހާސިލުކުރުމަށް ބޭނުންވާ އެކި ސްޓްރެޓެޖީޒްތައް އެކުލަވާލުމުގެ މަސައްކަތާ ގުޅިގެން ހަވާލުކުރެވޭ މަސްއޫލިއްޔަތުތައް އަދާކުރުން؛
  • ޚާރިޖީ ވުޒާރާގެ 'ސްޓްރެޓެޖިކް ޕްލޭން' ތަންފީޒު ކުރެވޭ މިންވަރު ދެނެގަތުމަށް ކުރެވޭ މަސައްކަތާ ގުޅިގެން ހަވާލުކުރެވޭ މަސްއޫލިއްޔަތުތައް އަދާކުރުން؛
  • ރާާއްޖެއާ ގުޅުން ބަދަހިކުރެވިފައިވާ ހުރިހާ ޤައުމަކާ ގުޅޭގޮތުން ރާއްޖެއިން ގެންގުޅޭނެ ސިޔާސަތާބެހޭ ލިޔުންތައް ތައްޔާރުކުރުމަށް އެހީތެރިވެދިނުން؛
  • ދުނިޔޭގެ ސިޔާސީ އަދި އިޤުތިޞާދީ މަސްރަހަށް އަންނަ އެކި ބަދަލުތައް ދެނެގަތުމަށް އެކި ޚަބަރުތައް ކިޔާ، ކަނޑައެޅިފައި އޮންނަ ގަވާއިދުން ޑިވިޜަންގެ ވެރިންނާއި ހިއްސާކުރުން؛
  • ދިވެހި ސަރުކާރުން އެކި ޤައުމުތަކާއެކު ގުޅުން ބަދަހިކުރުމުގައި ގެންގުޅުއްވަންޖެހޭ މިންގަނޑުތަކާ ގުޅޭގޮތުން ތައްޔާރުކުރެވޭ ޕޭޕަތުތައް ތައްޔާރު ކުރުމަށް އެހީތެރިވެދިނުން؛
  • ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަން އަދި ކޮންސިއުލަރ އޮފީސްތަކަށް ރާއްޖޭގެ ސިޔާސަތުތަކާ ގުޅޭގޮތުން ތައްޔާރު ކުރެވޭ ބްރީފް ޕޭޕަރުތައް ތައްޔާރުކުރުމަށް އެހީތެރިވެދިނުން؛
  • ރައީސުލްޖުމްހޫރިއްޔާ އާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ބޭނުންވާ ޕޮލިސީ ބްރީފް ތައްޔާރު ކުރުމަށް އެހީތެރިވެދިނުން؛
  • ބައިނަލްއަޤްވާމީ އިންތިޚާބުތަކުގައި ރާއްޖޭގެ ތާއީދު ގެންގުޅޭނެ ގޮތާ ގުޅޭގޮތުން ކުރެވޭ ދިރާސާތަކަށް އެހީތެރިވެދިނުން؛

ޝަރުޠު (ތަޢުލީމާއި ތަޖުރިބާ)

 

  • މަޤާމުގެ މަސައްކަތާ ގުޅޭ (އިންޓަރނޭޝަނަލް ރިލޭޝަން، ސޯސިއަލް ސްޓަޑީސް، އިކޮނަމިކްސް، ޕޮލިޓިކަލް ސައިންސް، މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން) މިފަދަ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގައި ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގައި ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގައި ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

އިނާޔަތް:

އިތުރުގަޑީގައި މަސައްކަތް ކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރައްވަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ބެލޭނެ ކަންތައްތަށް

(އީ.އެކްސް 1)

ތަޢުލީމާއި ތަމްރީނު

މަސައްކަތުގެ ތަޖުރިބާ           

ލިބިފައިވާ ހުނަރު (އިންޓަރވިއު/ ޕްރެކްޓިކަލް)          

40%

10%

50%

ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ބެލޭނެ ކަންތައްތައް

(އެމް.އެސް 2 – ޖީއެސް 3)

ތަޢުލީމާއި ތަމްރީނު

މަސައްކަތުގެ ތަޖުރިބާ

ލިބިފައިވާ ހުނަރު (އިންޓަރވިއު/ ޕްރެކްޓިކަލް)

45%

15%

40%

އިންޓަރވިއު އޮންނާނެ

މުއްދަތު 

އިންޓަރވިއު އޮންނާނީ 16-23 ޖުލައި 2015 އާ ދެމެދުގެ ތާރީޚެއްގައެވެ. އިންޓަރވިއު އޮންނާނެ ސީދާ ދުވަސް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް އެންގޭނެއެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

13 ޖުލައި ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށެވެ.

ހުށަހަޅަންޖެހޭ ތަކެތި

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މިނިސްޓްރީގެ ވެބްސައިޓް www.foreign.gov.mv އިން އަދި މިއިދާރާއިން ލިބެން ހުންނާނެއެވެ.
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • ސަރުކާރު ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ވަޒީފާއަށް ހޮވިއްޖެނަމަ، ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)

ސަމާލުކަމަށް

އިސްވެ ދެންނެވުނު ތަކެތި ހަމަނުކުރައްވާ ހުށަހަޅުއްވާ ފޯމުތައް ބާޠިލުކުރެވޭނެއެވެ.

އަދި ޝަރުޠު ހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އިންޓަރވިއު ކުރުމަށްފަހު މަޤާމުތަކަށް ހޮވިވަޑައިގަންނަވާ ބޭފުޅުންނަށް އެކަން މިނިސްޓްރީން އެންގޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި 3304168/ 3304184 އަށް ގުޅުއްވުން އެދެމެވެ.

އީމެއިލް ކުރައްވާނީ [email protected] އަށެވެ.

25 ޖޫން 2015