ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ރަތަފަންދޫ ބީޗްރޯޑް މަގުގެ ހުޅަނގު ފަރާތުގައި ހުރި ރެޑްރޯސް ގޯތީގެ ކުރިމަތީގައިވާ ހުސްބިމުގައި އައުޓްޑޯ ޖިމް އިކުއިޕްމަންޓް އިންސްޓޯލް ކޮށްދޭނޭ ފަރާތެއް ހޯދުން.

އިޢުލާން

ގދ. ރަތަފަންދޫ ބީޗްރޯޑް މަގުގެ ހުޅަނގު ފަރާތުގައި ހުރި ރެޑްރޯސް ގޯތީގެ ކުރިމަތީގައިވާ ހުސްބިމުގައި އައުޓްޑޯ ޖިމް އިކުއިޕްމަންޓް އިންސްޓޯލް ކޮށްދޭނޭ ފަރާތެއް ހޯދުން.

ނަންބަރު: (IUL)420-PED/420/2024/64

21 އޮކްޓޯބަރ 2024

މި އިދާރާއިން) 11 އޮގަސްޓް 2024 (ގައި އައުޓްޑޯ ޖިމް އިކުއިޕްމަންޓްތައް އިންސްޓޯލްކްދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު  އިޢުލާން ނަމްބަރު: (IUL)420-PM/420/2024/54 އާ ގުޅިގެން ހުށަހެޅުނު އެސްޓިމޭޓްތަކުގައި ހުށަހަޅަފައިވާ އަގުތަކަކީ އެކަށީގެންވާ ވަރަށްވުރެ މަތީ އަގުތަކެއް ކަމުގައި ވާތީވެ، އަލުން މިކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތްވާ ގޮތުގެ މަތިން، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވަރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.   

ބީލަމުގައި ރަޖިސްޓްރީވުން

  • މި މަސައްކަތަށް ބީލަން ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލުގައި ރަޖިސްޓްރީވެ  ބިޑް ޑޮކިއުމެންޓް ގަތުމަށް ފައިސާ ދައްކާ ފަރާތްތަކަށެވެ. ފައިސާގެ ޢަދަދަކީ 2000 (ދެހާސް ރުފިޔާ)އެވެ.
  • މަޢުލޫމާތު ޝީޓް އީމެއިލް މެދުވަރިކޮށް ނުވަތަ މި އިދާރާއަށް ވަޑައިގެން އެދިލެއްވުމުން ލިބިވަޑައިގަންނަވާނެ.
  • ރަޖިސްޓްރީ ވުމަށްޓަކައި 24 އޮކްޓޯބަރ 2024 (ބުރާސްފަތި) ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ ގޫގުލް ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ދޫކުރެވޭނެއެވެ.
  • ·      ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް: https://forms.office.com/r/4bvTKi8kPK

ފައިސާ ދެއްކުން

  • ރެޖިސްޓްރޭޝަން ފީ ޖަމާކުރަންވާނީ މި އިދާރާގެ އަންނަނިވި އެކައުންޓަށެވެ. ފީޖަމާކުރުމަށްފަހު  ޓްރާންސްފަރ ރިސިޕްޓް ފޮނުވާ ފަރާތްތަކަށް ބީލަންފޮތް ފޯރުކޮށްދެވޭނެއެވެ.
  • ނޯޓް: ރެޖިސްޓަރީކުރުމަށް ދެއްކި ފީ އަނބުރާ ރިފަންޑު ނުކުރެވޭނެ.   
  • ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އިންޓަނެޓް ބޭންކިން މެދުވެރިކޮށް
  •       ބޭންކް:  ބޭންކް އޮފް މޯލްޑިވްސް
  •       ބޭންކް އެކައުންޓްގެ ނަން: 1471 ރެވެނިއު 1
  •       އެކައުންޓް ނަންބަރ: 001 700301 7710
  •       ސްލިޕް ވައިބަރ ކުރަންވީ ނަންބަރު: 7633734

މަޢުލޫމާތު ސާފުކުރުން / މަޢުލޫމާތު ދިނުން

  • މި ބީލަމާގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް ފިރީބިޑް މީޓިން ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން  27 އޮކްޓޯބަރ 2024ވާ (އާދިއްތަ) ދުވަހުގެ (މެންދުރު) 14:00 އަށް  މި އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.
  • އިތުރު މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން[email protected]  އަށް މެއިލް ކުރުމުން އަދި ރަސްމީގަޑީގައި މި އިދާރާގެ ފޯންނަންބަރު 6840016 ގޫޅާލެއްވުމުން ފޯރުކޮށްދެވޭނެއެވެ.

ބީލަން ހުށަހެޅުން / ބީލަން ހުޅުވުން

  • ބީލަން / އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 05 ނޮވެމްބަރ 2024 (އަންގާރަ) ދުވަހުގެ 10:00 އެވެ. ސުންގަޑި ހަމަވުމަށްފަހު ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.
  • ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 05 ނޮވެމްބަރ 2024 (އަންގާރަ) ދުވަހުގެ 10:15ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޞިރުވާ ފަރާތްތަކުގެ ކުރީމަތީގައެވެ.
  • ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނަނީ ގދ. ރަތަފަންދޫ ކައުންސިލް އިދާރާގައެވެ.
21 އޮކްޓޫބަރު 2024
ހޯދާ