މި އިދާރާއިން) 11 އޮގަސްޓް 2024 (ގައި އައުޓްޑޯ ޖިމް އިކުއިޕްމަންޓްތައް އިންސްޓޯލްކްދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަމްބަރު: (IUL)420-PM/420/2024/54 އާ ގުޅިގެން ހުށަހެޅުނު އެސްޓިމޭޓްތަކުގައި ހުށަހަޅަފައިވާ އަގުތަކަކީ އެކަށީގެންވާ ވަރަށްވުރެ މަތީ އަގުތަކެއް ކަމުގައި ވާތީވެ، އަލުން މިކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތްވާ ގޮތުގެ މަތިން، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވަރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
|
ބީލަމުގައި ރަޖިސްޓްރީވުން
|
- މި މަސައްކަތަށް ބީލަން ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލުގައި ރަޖިސްޓްރީވެ ބިޑް ޑޮކިއުމެންޓް ގަތުމަށް ފައިސާ ދައްކާ ފަރާތްތަކަށެވެ. ފައިސާގެ ޢަދަދަކީ 2000 (ދެހާސް ރުފިޔާ)އެވެ.
- މަޢުލޫމާތު ޝީޓް އީމެއިލް މެދުވަރިކޮށް ނުވަތަ މި އިދާރާއަށް ވަޑައިގެން އެދިލެއްވުމުން ލިބިވަޑައިގަންނަވާނެ.
- ރަޖިސްޓްރީ ވުމަށްޓަކައި 24 އޮކްޓޯބަރ 2024 (ބުރާސްފަތި) ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ ގޫގުލް ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ދޫކުރެވޭނެއެވެ.
- · ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް: https://forms.office.com/r/4bvTKi8kPK
|
ފައިސާ ދެއްކުން
|
- ރެޖިސްޓްރޭޝަން ފީ ޖަމާކުރަންވާނީ މި އިދާރާގެ އަންނަނިވި އެކައުންޓަށެވެ. ފީޖަމާކުރުމަށްފަހު ޓްރާންސްފަރ ރިސިޕްޓް ފޮނުވާ ފަރާތްތަކަށް ބީލަންފޮތް ފޯރުކޮށްދެވޭނެއެވެ.
- ނޯޓް: ރެޖިސްޓަރީކުރުމަށް ދެއްކި ފީ އަނބުރާ ރިފަންޑު ނުކުރެވޭނެ.
- ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އިންޓަނެޓް ބޭންކިން މެދުވެރިކޮށް
- ބޭންކް: ބޭންކް އޮފް މޯލްޑިވްސް
- ބޭންކް އެކައުންޓްގެ ނަން: 1471 ރެވެނިއު 1
- އެކައުންޓް ނަންބަރ: 001 700301 7710
- ސްލިޕް ވައިބަރ ކުރަންވީ ނަންބަރު: 7633734
|
މަޢުލޫމާތު ސާފުކުރުން / މަޢުލޫމާތު ދިނުން
|
- މި ބީލަމާގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް ފިރީބިޑް މީޓިން ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 27 އޮކްޓޯބަރ 2024ވާ (އާދިއްތަ) ދުވަހުގެ (މެންދުރު) 14:00 އަށް މި އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.
- އިތުރު މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން[email protected] އަށް މެއިލް ކުރުމުން އަދި ރަސްމީގަޑީގައި މި އިދާރާގެ ފޯންނަންބަރު 6840016 ގޫޅާލެއްވުމުން ފޯރުކޮށްދެވޭނެއެވެ.
|
ބީލަން ހުށަހެޅުން / ބީލަން ހުޅުވުން
|
- ބީލަން / އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 05 ނޮވެމްބަރ 2024 (އަންގާރަ) ދުވަހުގެ 10:00 އެވެ. ސުންގަޑި ހަމަވުމަށްފަހު ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.
- ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 05 ނޮވެމްބަރ 2024 (އަންގާރަ) ދުވަހުގެ 10:15ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޞިރުވާ ފަރާތްތަކުގެ ކުރީމަތީގައެވެ.
- ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނަނީ ގދ. ރަތަފަންދޫ ކައުންސިލް އިދާރާގައެވެ.
|