ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްޓޭޓް ހައުސް2,3,4 ރޫމް މަރާމާތުކުރުން

ހައްދުންމަތީ ސްޓޭޓް ހައުސްގެ 2, 3, 4  ރޫމް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިއެވާ މެއިލް އެޑްރެސް އަށް ބިޑްގައި ރަޖިސްޓްރީ ވުމަށް މެއިލް ފޮނުއްވުން އެދެމެވެ.

1

ރަޖިސްޓްރީވުން

23 އޮކްޓޯބަރު 2024 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ބިޑްގައި ރަޖިސްޓްރީވުމަށް [email protected] އަށް އީމެއިލްގެ ޒަރިއްޔާއިން ހިއްސާކުރެއްވުން އެދެމެވެ. އަދި ރަޖިސްޓްރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. އަދި ރަޖިސްޓްރީވާ ފަރާތްތަކުން އިއުލާން ނަންބަރު، ރަޖިސްޓްރީވާ ފަރާތުގެ ނަން، ރަޖިސްޓްރީވާ ފަރާތުގެ ނަމާއި ނަންބަރު، މޯބައިލް ނަންބަރު ޖެއްސެވުން އެދެމެވެ.

2

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެގޮތް

30 އޮކްޓޯބަރު 2024 ވާ ބުދަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެ ހައްދުންމަތީ އަތޮޅު ކައުންސިލަށް ވަޑައިގެންދެއްވުން އެދެމެވެ. ( ސުންގަޑީގެފަހުން ހުށަހެޅޭ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.)

3

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަންޖެހޭ ލިޔުންތައް

ހުށަހަޅަންޖެހޭ ލިޔުންތައް މައުލޫމާތު ޝީޓުގައި ބަޔާންކުރެވިފައިވާނެއެވެ.

17 އޮކްޓޫބަރު 2024
ހޯދާ