ދިވެހިރާއްޖެ
ހައްދުންމަތީ ސްޓޭޓް ހައުސްގެ 2, 3, 4 ރޫމް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިއެވާ މެއިލް އެޑްރެސް އަށް ބިޑްގައި ރަޖިސްޓްރީ ވުމަށް މެއިލް ފޮނުއްވުން އެދެމެވެ.
1 |
ރަޖިސްޓްރީވުން |
23 އޮކްޓޯބަރު 2024 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ބިޑްގައި ރަޖިސްޓްރީވުމަށް [email protected] އަށް އީމެއިލްގެ ޒަރިއްޔާއިން ހިއްސާކުރެއްވުން އެދެމެވެ. އަދި ރަޖިސްޓްރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. އަދި ރަޖިސްޓްރީވާ ފަރާތްތަކުން އިއުލާން ނަންބަރު، ރަޖިސްޓްރީވާ ފަރާތުގެ ނަން، ރަޖިސްޓްރީވާ ފަރާތުގެ ނަމާއި ނަންބަރު، މޯބައިލް ނަންބަރު ޖެއްސެވުން އެދެމެވެ. |
2 |
އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެގޮތް |
30 އޮކްޓޯބަރު 2024 ވާ ބުދަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެ ހައްދުންމަތީ އަތޮޅު ކައުންސިލަށް ވަޑައިގެންދެއްވުން އެދެމެވެ. ( ސުންގަޑީގެފަހުން ހުށަހެޅޭ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.) |
3 |
އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަންޖެހޭ ލިޔުންތައް |
ހުށަހަޅަންޖެހޭ ލިޔުންތައް މައުލޫމާތު ޝީޓުގައި ބަޔާންކުރެވިފައިވާނެއެވެ. |