މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަހައްދުން 4 ބިން ކުއްޔަށް ދޫކުރުން

އިޢުލާން

މުލީ ބަނދަރު ސަރަހައްދުން 4 ބިން ކުއްޔަށް ދޫކުރުން

މިރަށު އިޖުތިމާޢީ މަރުކަޒުގެ އުތުރުން ބަނދަރު ސަރަހައްދުން 2،000  އަކަފޫޓްގެ  4 ބިން، 30 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް މިކައުންސިލުން ނިންމަވާފައިވާތީ، އެކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެކަމަށްއެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން  2024 އޮކްޓޯބަރ 24 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރޭޝަންފީގެ ގޮތުގައި 500.00 ރުފިޔާ ދެއްކުމަށްފަހު މި ކައުންސިލުގެ މެއިލް  [email protected]  މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓަރ ކުރެވުންތޯ ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ. ރަޖިސްޓްރީވާ ފަރާތްތަކަށް، 27 އޮކްޓޯބަރ 2024 ވާ އާދީއްތަ ދުވަހުގެ 14:00 ގެކުރިން މަޢުލޫމާތު ޝީޓާއި ބިޑް ޑޮކިއުމެންޓްތައް މެއިލްކުރެވޭނެއެވެ.

ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:

-              އިޢުލާން ނަންބަރު (ކޮން މަސައްކަތެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

-              މަޢުލޫމާތު ސާފުކުރާ ފަރާތުގެ ކުންފުނީ/ ޕާޓްނާޝިޕް/ ފަރުދުންގެ ވިޔަފާރި/ ކޯޕަރޭޓިވް ސޮސައިޓީ ގެ ނަން

-              ރަޖިސްޓްރީ ނަމްބަރ

-              އީމެއިލް އެޑްރެސް

-      ފައިސާ ދެއްކި ރަޝީދު.

-      ބިޑްހުށަހަޅަން ބޭނުންވާ ޕްލޮޓްގެ ނަންބަރު/ ނަންބަރުތައް.

-              ގުޅޭނެ މޯބައިލް ނަމްބަރު

ބިޑް ހުށަހެޅުން އޮންނާނީ، 2024 ނޮވެމްބަރ 4 ވާ ހޯމަދުވަހުގެ 11:30 ގައި މ. މުލީ ކައުންސިލްގެ އިދާރާގައެވެ. ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކާއި، ބިޑް ހުށަހެޅުމަށް ގަޑިއަށް ހާޒިރު ނުވާފަރާތްތަކުގެ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

އިވެލުއޭޝަން ކްރައިޓީރިއާ

  • ކުއްޔަށްހިފާ އަގު: %90 ޕޮއިންޓް (އެންމެ ބޮޑު އަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން)
  • މާލީ ޤާބިލުކަން: %5 (ފަހެއް) ޕޮއިންޓް (ހުށަހަޅާ ބޭންކް ސްޓޭޓްމަންޓްގެ ޖުމްލަ ކޭޝްއިން އެވްރެޖް -/50،000 ރުފިޔާއަށްވުރެ މަތިވާނަ މާރކްސް ލިބޭނެ/ އެންމެ ބޮޑު ޢަދަދަކީ ބެންޗްމާކު ކަމުގައި ބަލައިގެން).
  • ބިޒްނަސް ޕްލޭން: %5 (ފަހެއް) ޕޮއިންޓް (އެންމެ ރަގަޅު ހުށަހެޅުމަށް 5 ޕޮއިންޓް)

ބިން ދޫކުރާ ސަރަހައްދު ދައްކުވައިދޭ ކުރެހުމެއް މި އިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

17 އޮކްޓޫބަރު 2024
ހޯދާ