ދިވެހިރާއްޖެ
އިޢުލާން
މުލީ ބަނދަރު ސަރަހައްދުން 4 ބިން ކުއްޔަށް ދޫކުރުން
މިރަށު އިޖުތިމާޢީ މަރުކަޒުގެ އުތުރުން ބަނދަރު ސަރަހައްދުން 2،000 އަކަފޫޓްގެ 4 ބިން، 30 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް މިކައުންސިލުން ނިންމަވާފައިވާތީ، އެކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެކަމަށްއެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2024 އޮކްޓޯބަރ 24 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރޭޝަންފީގެ ގޮތުގައި 500.00 ރުފިޔާ ދެއްކުމަށްފަހު މި ކައުންސިލުގެ މެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓަރ ކުރެވުންތޯ ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ. ރަޖިސްޓްރީވާ ފަރާތްތަކަށް، 27 އޮކްޓޯބަރ 2024 ވާ އާދީއްތަ ދުވަހުގެ 14:00 ގެކުރިން މަޢުލޫމާތު ޝީޓާއި ބިޑް ޑޮކިއުމެންޓްތައް މެއިލްކުރެވޭނެއެވެ.
ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:
- އިޢުލާން ނަންބަރު (ކޮން މަސައްކަތެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)
- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ކުންފުނީ/ ޕާޓްނާޝިޕް/ ފަރުދުންގެ ވިޔަފާރި/ ކޯޕަރޭޓިވް ސޮސައިޓީ ގެ ނަން
- ރަޖިސްޓްރީ ނަމްބަރ
- އީމެއިލް އެޑްރެސް
- ފައިސާ ދެއްކި ރަޝީދު.
- ބިޑްހުށަހަޅަން ބޭނުންވާ ޕްލޮޓްގެ ނަންބަރު/ ނަންބަރުތައް.
- ގުޅޭނެ މޯބައިލް ނަމްބަރު
ބިޑް ހުށަހެޅުން އޮންނާނީ، 2024 ނޮވެމްބަރ 4 ވާ ހޯމަދުވަހުގެ 11:30 ގައި މ. މުލީ ކައުންސިލްގެ އިދާރާގައެވެ. ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކާއި، ބިޑް ހުށަހެޅުމަށް ގަޑިއަށް ހާޒިރު ނުވާފަރާތްތަކުގެ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އިވެލުއޭޝަން ކްރައިޓީރިއާ
- ކުއްޔަށްހިފާ އަގު: %90 ޕޮއިންޓް (އެންމެ ބޮޑު އަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން)
- މާލީ ޤާބިލުކަން: %5 (ފަހެއް) ޕޮއިންޓް (ހުށަހަޅާ ބޭންކް ސްޓޭޓްމަންޓްގެ ޖުމްލަ ކޭޝްއިން އެވްރެޖް -/50،000 ރުފިޔާއަށްވުރެ މަތިވާނަ މާރކްސް ލިބޭނެ/ އެންމެ ބޮޑު ޢަދަދަކީ ބެންޗްމާކު ކަމުގައި ބަލައިގެން).
- ބިޒްނަސް ޕްލޭން: %5 (ފަހެއް) ޕޮއިންޓް (އެންމެ ރަގަޅު ހުށަހެޅުމަށް 5 ޕޮއިންޓް)
ބިން ދޫކުރާ ސަރަހައްދު ދައްކުވައިދޭ ކުރެހުމެއް މި އިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.