ދިވެހިރާއްޖެ
2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ބާއްވާ ޙަފްލާގައި ދެވޭ އަންނަނިވި އެވޯޑުތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު މިހާރުވަނީ ހުޅުވައިލެވިފައެވެ.
v މިހާރުވެސް މަސްވެރިކަމުގައި އަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ޙިދުމަތްތެރި ޒުވާން ކެޔޮޅު (35 އަހަރުން ދަށް)
v މިހާރުވެސް މަސްވެރިކަމުގައި އަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ތަޖުރިބާކާރު ކެޔޮޅު (35 އަހަރުން މަތި)
v އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ޙިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑް.
އެހެންކަމުން, މިކަމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަށް އެޕްލިކޭޝަން ފޯމް ފުރިހަމަކޮށް 04 ނޮވެމްބަރ 2024 ވަނަ ދުވަހުގެ 11:00 ގެ ކުރިން މިކައުންސިލް އިދާރާއަށް ހުށަހެޅުން އެދެމެވެ. އަދި އެޕްލިކޭޝަން ފޯމް މިނިސްޓްރީގެ ވެބްސައިޓުންނާއި މިކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކާއި އިޢުލާން ކުރީމެވެ.