ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257/257/2024/83
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 12:33
ސުންގަޑި: 04 ނޮވެންބަރު 2024 11:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
44 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ހޮވާ ކެޔޮޅުންގެ އެވޯޑާއި ޙިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން:

 

2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ބާއްވާ ޙަފްލާގައި ދެވޭ އަންނަނިވި އެވޯޑުތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު މިހާރުވަނީ ހުޅުވައިލެވިފައެވެ.

 

v       މިހާރުވެސް މަސްވެރިކަމުގައި އަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ޙިދުމަތްތެރި ޒުވާން ކެޔޮޅު (35 އަހަރުން ދަށް)

v      މިހާރުވެސް މަސްވެރިކަމުގައި އަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ތަޖުރިބާކާރު ކެޔޮޅު (35 އަހަރުން މަތި)

v      އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ޙިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑް.

 

 އެހެންކަމުން, މިކަމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަށް އެޕްލިކޭޝަން ފޯމް ފުރިހަމަކޮށް 04 ނޮވެމްބަރ 2024 ވަނަ ދުވަހުގެ 11:00 ގެ ކުރިން މިކައުންސިލް އިދާރާއަށް  ހުށަހެޅުން އެދެމެވެ. އަދި އެޕްލިކޭޝަން ފޯމް މިނިސްޓްރީގެ ވެބްސައިޓުންނާއި މިކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކާއި އިޢުލާން ކުރީމެވެ.

 

16 އޮކްޓޫބަރު 2024