ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.ގެމަނަފުށީ އަލަށް އާބާދުވި ސަރަހައްދުގެ މަގުތަކުގައި މަގުބައްތި ހަދައި ހަރުކޮއްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ:

         ގއ.ގެމަނަފުށީ އަލަށް އާބާދުވި ސަރަހައްދުގެ މަގުތަކުގައި  މަގުބައްތި ހަދައި ހަރުކޮއްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއްބޭނުންވެއްޖެއެވެ. މިމަސައްކަތް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

         މިމަސައްކަތް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން ބިޑްގައި ބައިވެރިވުމަށް 22 އޮކްޓޯބަރ 2024 ގެ 10:00 ގެ ކުރިން [email protected] އަށް ސިޓީއަކުން އެކަން އަންގަވައިދެއްވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7916609 އަށް ގުޅުއްވުން އެދެމެވެ.

         މިމަސައްކަތުގެ ޕްރީބިޑް މީޓިންގ އޮންނާނީ 29 އޮކްޓޯބަރ 2024   ގެ 10:00 ގައި ގެމަނަފުށި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަމުގައި ބައިވެރިވުމަށް އެދުނު ފަރާތްތަކަށް މީޓިންގައި ބައިވެރިވެވޭނެއެވެ. އަދި ޕްރީބިޑް މީޓިންގައި ބައިވެރި ނުވިނަމަވެސް ބިޑް ސަބްމިޓް ކުރެވޭނެއެވެ.

         މިމަސައްކަތަށް ބިޑް ހުށަހެޅުން އޮންނާނީ 05 ނޮވެމްބަރ 2024  ގެ 10:00  ގައި ގެމަނަފުށި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

 

 

މާކުސްދެވޭ ކުރައިޓީރިއާ

މާކުސްދެވޭގޮތް

ތަފޮސީލް

އަގު

85%

މި ބަޔަށް ޕޮއިންޓް ދިނުމުގައި ބަލާނީ އެންމެ ދަށް އަގު ހުށަހަޅާ ފަރާތަކަށް އެންމެ މަތިން ޕޮއިންޓް ލިބޭ އުސޫލުންނެވެ.

 

 

 

ތަޖުރިބާ

15%

ތަޖުރިބާގެ ގޮތުގައި ހުށަހެޅޭނީ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ކޮށްފައިވާ މަސައްކަތްތަކަށް އެކަންޏެވެ. އަދި ހުށަހަޅާ ލިޔުންތަކަކީ ފާއިތުވި 5 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ކޮށްފައިވާ ފަންސާސްހާސް ރުފިޔާއިން މަތީގެ މަސައްކަތެއް ކަމުގައި ވާންޖެހޭނެއެވެ. މި މުއްދަތު ގުނަން ފަށާނީ މި މަސައްކަތުގެ އިޢުލާނުގެ ތާރީޚުން ފެށިގެންނެވެ. ގިނަވެގެން މާރކްސް ދެވޭނީ 10 ޕޮއިންޓާއި ހަމަޔަށެވެ.

 

 

               މިހެންމެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

15 އޮކްޓޫބަރު 2024
ހޯދާ