ދިވެހިރާއްޖެ
ގއ.ގެމަނަފުށީ އަލަށް އާބާދުވި ސަރަހައްދުގެ މަގުތަކުގައި މަގުބައްތި ހަދައި ހަރުކޮއްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއްބޭނުންވެއްޖެއެވެ. މިމަސައްކަތް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މިމަސައްކަތް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން ބިޑްގައި ބައިވެރިވުމަށް 22 އޮކްޓޯބަރ 2024 ގެ 10:00 ގެ ކުރިން [email protected] އަށް ސިޓީއަކުން އެކަން އަންގަވައިދެއްވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7916609 އަށް ގުޅުއްވުން އެދެމެވެ.
މިމަސައްކަތުގެ ޕްރީބިޑް މީޓިންގ އޮންނާނީ 29 އޮކްޓޯބަރ 2024 ގެ 10:00 ގައި ގެމަނަފުށި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަމުގައި ބައިވެރިވުމަށް އެދުނު ފަރާތްތަކަށް މީޓިންގައި ބައިވެރިވެވޭނެއެވެ. އަދި ޕްރީބިޑް މީޓިންގައި ބައިވެރި ނުވިނަމަވެސް ބިޑް ސަބްމިޓް ކުރެވޭނެއެވެ.
މިމަސައްކަތަށް ބިޑް ހުށަހެޅުން އޮންނާނީ 05 ނޮވެމްބަރ 2024 ގެ 10:00 ގައި ގެމަނަފުށި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
މާކުސްދެވޭ ކުރައިޓީރިއާ |
މާކުސްދެވޭގޮތް |
ތަފޮސީލް |
އަގު |
85% |
މި ބަޔަށް ޕޮއިންޓް ދިނުމުގައި ބަލާނީ އެންމެ ދަށް އަގު ހުށަހަޅާ ފަރާތަކަށް އެންމެ މަތިން ޕޮއިންޓް ލިބޭ އުސޫލުންނެވެ. |
|
|
|
ތަޖުރިބާ |
15% |
ތަޖުރިބާގެ ގޮތުގައި ހުށަހެޅޭނީ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ކޮށްފައިވާ މަސައްކަތްތަކަށް އެކަންޏެވެ. އަދި ހުށަހަޅާ ލިޔުންތަކަކީ ފާއިތުވި 5 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ކޮށްފައިވާ ފަންސާސްހާސް ރުފިޔާއިން މަތީގެ މަސައްކަތެއް ކަމުގައި ވާންޖެހޭނެއެވެ. މި މުއްދަތު ގުނަން ފަށާނީ މި މަސައްކަތުގެ އިޢުލާނުގެ ތާރީޚުން ފެށިގެންނެވެ. ގިނަވެގެން މާރކްސް ދެވޭނީ 10 ޕޮއިންޓާއި ހަމަޔަށެވެ. |
މިހެންމެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.