ދިވެހިރާއްޖެ
އިޢުލާން
އެއްވެސް ވަރަކަށް ޢަރަބި ބަސް ނޭނގޭ ފަރާތްތަކަށް އަމާޒުކޮށްގެން "އަހަރެންވެސް ޢަރަބި ކިޔަވާނަން" މި ނަމުގައި ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން، 19 އޮކްޓޫބަރު 2024 ވާ ހޮނިހިރު ދުވަހު ހެނދުނު 08:00 ން 12:00 އަށް ޢަރަބި ބަސް ދަސްކޮށްދިނުމުގެ ޚާއްޞަ ޕްރޮގްރާމެއް ބޭއްވުމަށް ހަމަޖެހިފައި ވެއެވެ. މި ޕްރޮގްރާމް އޮންނާނީ ސަލްމާން މިސްކިތުގެ 3 ވަނަ ފަންގިފިލާގައެވެ.
ވީމާ، މި ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ޢުމުރުން 18 އަހަރާއި 50 އަހަރާ ދެމެދުގެ ފަރާތްތަކުން 16 އޮކްޓޫބަރު 2024 ގެ 13:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ގޫގުލް ފޯމު ފުރިހަމަކުރެއްވުން އެދެމެވެ. މިފަހަރުގެ މި ޕްރޮގްރާމްގައި ބައިވެރި ކުރުމަށް ހަމަޖެހިފައިވަނީ ފޯމް ހުށަހަޅާ ތަރުތީބުން 30 މީހުންނެވެ.
https://docs.google.com/forms/d/1kgdqOp1CEY0om8NwqF7NiQ2n24GanpKQoapXUOh-GYg/edit