ތަމްރީނު
ނަންބަރު: (IUL)160-AS/1/2024/70
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 15:18
ސުންގަޑި: 16 އޮކްޓޫބަރު 2024 13:00
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
އަހަރެންވެސް ޢަރަބި ކިޔަވާނަން

އިޢުލާން

 

   އެއްވެސް ވަރަކަށް ޢަރަބި ބަސް ނޭނގޭ ފަރާތްތަކަށް އަމާޒުކޮށްގެން "އަހަރެންވެސް ޢަރަބި ކިޔަވާނަން" މި ނަމުގައި ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން، 19 އޮކްޓޫބަރު 2024 ވާ ހޮނިހިރު ދުވަހު ހެނދުނު 08:00 ން 12:00 އަށް ޢަރަބި ބަސް ދަސްކޮށްދިނުމުގެ ޚާއްޞަ ޕްރޮގްރާމެއް ބޭއްވުމަށް ހަމަޖެހިފައި ވެއެވެ. މި ޕްރޮގްރާމް އޮންނާނީ ސަލްމާން މިސްކިތުގެ 3 ވަނަ ފަންގިފިލާގައެވެ.

  ވީމާ، މި ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ޢުމުރުން 18 އަހަރާއި 50 އަހަރާ ދެމެދުގެ ފަރާތްތަކުން 16 އޮކްޓޫބަރު 2024 ގެ 13:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ގޫގުލް ފޯމު ފުރިހަމަކުރެއްވުން އެދެމެވެ. މިފަހަރުގެ މި ޕްރޮގްރާމްގައި  ބައިވެރި ކުރުމަށް ހަމަޖެހިފައިވަނީ ފޯމް ހުށަހަޅާ ތަރުތީބުން 30 މީހުންނެވެ.

https://docs.google.com/forms/d/1kgdqOp1CEY0om8NwqF7NiQ2n24GanpKQoapXUOh-GYg/edit

13 އޮކްޓޫބަރު 2024