އިންފޮމޭޝަން އިންފްރާސްޓްރަކްޗަރ ސެކިއުރިޓީ ޑިވެލޮޕަރއެއް ބޭނުންވެއްޖެ
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ބެލުމުގެ ދަށުން ހިންގަމުންދާ އިންފޮމޭޝަން އިންފްރާސްޓްރަކްޗަރގެ، ސިސްޓަމްތަކާއި ނެޓްވާރކްގެ، ސެކިއުރިޓީ ޑިވެލޮޕްކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރާނެ ހީވާގި، ޤާބިލު، މަސައްކަތަށް ޝައުޤުވެރިވާ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ބޭނުންވާ އަދަދު:
|
02 (ދޭއް)
|
މަސައްކަތުގެ މުއްދަތު:
|
01 އަހަރު (މަސައްކަތުގެ ފެންވަރު ބެލުމަށްފަހު މުއްދަތު އިތުރުކުރެވޭނެ)
|
މަސައްކަތުގެ ވަގުތު:
|
ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 ން ހަވީރު 03:00 އަށް (އޮފީހުން ބޭނުންވެއްޖެ ޙާލަތެއްގައި ހަވީރު 05:00 ޖަހަންދެން މަސައްކަތް ކުރެވެންވާނެއެވެ.)
|
އުޖޫރަ:
|
މަހަކު -/15,000 ރުފިޔާ
|
ފެންވަރު/ ޝަރުޠު
|
- އަމިއްލަ އިސްނެގުމާއެކު އެހެންމީހެއްގެ އެހީއާނުލައި އިންފޮރމޭޝަން ސިސްޓަމްތަކާއި ނެޓްވާރކްގެ ސެކިއުރިޓީ ބަލަހައްޓައި ވަރުގަދަކުރުމަށް ކުރަންޖެހޭ ކަންކަންކުރުމުގެ ޤާބިލިއްޔަތުކަން ހުރުން.
- "ސަޓިފައިޑް އިންފޮމޭޝަން ސިސްޓަމް ސެކިއުރިޓީ ޕްރޮފެޝަނަލް"، "އެތިކަލް ހެކަރ ސެޓިފިކޭޝަން" ފަދަ އައި.ޓީ ސެކިއުރިޓީގެ ދާއިރާއިން ޕްރޮފެޝަނަލް ސަނަދެއް ހޯދާފައިވުން. ނުވަތަ ސެކިއުރިޓީ ދާއިރާއިން (ޚާއްޞަކޮށް އެތިކަލް ހެކިންއިން) މަދުވެގެން 3 އަހަރުގެ ތަޖުރިބާ ހުރުން
- އަމިއްލައަށް މަސައްކަތް މެނޭޖްކުރަން އެނގުމާއި، ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ޒިންމާދާރުގޮތެއްގައި ކުރަން އެނގުން.
- ރަނގަޅުގޮތުގައި މީހުންނާއި މުޢާމަލާތުކޮށް، މަސައްކަތުގެ މާހައުލުގައި ދިމާވާ މައްސަލަތައް އަމިއްލައަށް ހައްލުކުރަން އެނގުން.
|
މައިގަނޑު މަސައްކަތްތައް:
|
އެން.ސީ.އައި.ޓީގެ ބެލުމުގެ ދަށުން ހިންގާ އިންފޮރމޭޝަން އިންފްރާސްޓްރަކްޗަރގެ ސިސްޓަމްތަކާއި ނެޓްވާރކްގެ، ސެކިއުރިޓީ ބެލެހެއްޓުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރުމަކީ މިމަސައްކަތް ހަވާލުވާ ފަރާތުން ކުރަންޖެހޭނެކަމެކެވެ.
- ސިސްޓަމްތަކާއި ނެޓްވާރކްގެ ސެކިއުރިޓީ ވަލްނަރަބިލިޓީސް ހޯދައި، ސިސްޓަމްތަކާއި ނެޓްވާރކް ބަލަހައްޓަވާ ބޭފުޅުންނާއެކު މަސައްކަތް ކުރައްވައިގެން، ޙައްލު ހޯދައި، އިމްޕްލިމަންޓުކޮށް، ސިސްޓަމްތަކާއި ނެޓްވާރކް ރައްކައުތެރިކުރުން.
- މިގޮތުން ހޯދޭ ވަލްނަރަބިލިޓީސް އާއި ހައްލުތައް ޑޮކިއުމަންޓުކޮށް، މި ވަލްނަރަބިލިޓީސް ތަކުރާރު ނުވާނޭހެން، ސިސްޓަމްތަކާއި ނެޓްވާރކް ސެކިއުރިޓީ ޗެކްލިސްޓްތަކާއި ނޮލެޖްބޭސްއެއް ތައްޔާރުކޮށް ބެލެހެއްޓުން.
- އިންފޮމޭޝަން އިންފްރާސްޓްރަކްޗަރ ސެކިއުރިޓީ ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ބޭނުންވާ އިންޓްރޫޝަން ޑިޓެކްޝަން ފަދަ ކައުންޓަރ މެޝާޒްތަކަކީ ކޮބައިތޯ ބަލައި، އެން.ސީ.އައި.ޓީގެ މަޝްވަރާގެ މަތީން، މިފަދަ ސިސްޓަމްތަކާއި ޕްރޮސީޖަރތައް ޤާއިމުކޮށް، ޑޮކިއުމަންޓްކޮށް، ބެލެހެއްޓުން.
- އިންފޮރމޭޝަން އިންފްރާސްޓްރަކްޗަރ ސެކިއުރިޓީ މެނޭޖްމަންޓް ސިސްޓަމެއް، ISO 27001 ގެ ފެންވަރަށް، އެން.ސީ.އައި.ޓީ ގައި ޤާއިމުކުރުމަށް ޕްލޭނެއް އެކުލަވާލައި، އެން.ސީ.އައި.ޓީ އަށް ހުށަހަޅާ، މެނޭޖްމަންޓްގެ ހުއްދައާއެކު، އެން.ސީ.އައި.ޓީން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި އިމްޕްލިމެންޓް ކުރުން.
|
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
- ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ).
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު).
- ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ.
|
ހުށަހަޅަންޖެހޭ ތާރީޚު: މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ބޭފުޅުން 02 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތަކާއެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މިއޮފީހުގެ އީމެއިލަށް [email protected] ފޮނުއްވުން އެދެމެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3344000 ނަންބަރަށެވެ.
އޮފީހުގެ މަޢުލޫމާތު:
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،
64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯނު ނަންބަރު: 334 4000(960)، ފެކްސް ނަންބަރު: 4004334(960)
އީމެއިލް އެޑްރެސް: [email protected]
ވެބްސައިޓް: www.ncit.gov.mv
05 ރަމަޟާން 1436