ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 164/1/2015/70
ޕަބްލިޝްކުރި ތާރީޚް: 22 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 13:41
ސުންގަޑި: 02 ޖުލައި 2015 15:00
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ސެކިއުރިޓީ ޑިވެލޮޕަރ

އިންފޮމޭޝަން އިންފްރާސްޓްރަކްޗަރ ސެކިއުރިޓީ ޑިވެލޮޕަރއެއް ބޭނުންވެއްޖެ

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ބެލުމުގެ ދަށުން ހިންގަމުންދާ އިންފޮމޭޝަން އިންފްރާސްޓްރަކްޗަރގެ، ސިސްޓަމްތަކާއި ނެޓްވާރކްގެ، ސެކިއުރިޓީ ޑިވެލޮޕްކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރާނެ ހީވާގި، ޤާބިލު، މަސައްކަތަށް ޝައުޤުވެރިވާ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ބޭނުންވާ އަދަދު:

02 (ދޭއް)

މަސައްކަތުގެ މުއްދަތު:

01 އަހަރު (މަސައްކަތުގެ ފެންވަރު ބެލުމަށްފަހު މުއްދަތު އިތުރުކުރެވޭނެ)

މަސައްކަތުގެ ވަގުތު:

ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 ން ހަވީރު 03:00 އަށް (އޮފީހުން ބޭނުންވެއްޖެ ޙާލަތެއްގައި ހަވީރު 05:00 ޖަހަންދެން މަސައްކަތް ކުރެވެންވާނެއެވެ.)

އުޖޫރަ:

މަހަކު -/15,000 ރުފިޔާ

ފެންވަރު/ ޝަރުޠު

  1. އަމިއްލަ އިސްނެގުމާއެކު އެހެންމީހެއްގެ އެހީއާނުލައި އިންފޮރމޭޝަން ސިސްޓަމްތަކާއި ނެޓްވާރކްގެ ސެކިއުރިޓީ ބަލަހައްޓައި ވަރުގަދަކުރުމަށް ކުރަންޖެހޭ ކަންކަންކުރުމުގެ ޤާބިލިއްޔަތުކަން ހުރުން.
  2. "ސަޓިފައިޑް އިންފޮމޭޝަން ސިސްޓަމް ސެކިއުރިޓީ ޕްރޮފެޝަނަލް"، "އެތިކަލް ހެކަރ ސެޓިފިކޭޝަން" ފަދަ އައި.ޓީ ސެކިއުރިޓީގެ ދާއިރާއިން ޕްރޮފެޝަނަލް ސަނަދެއް ހޯދާފައިވުން. ނުވަތަ ސެކިއުރިޓީ ދާއިރާއިން (ޚާއްޞަކޮށް އެތިކަލް ހެކިންއިން) މަދުވެގެން 3 އަހަރުގެ ތަޖުރިބާ ހުރުން
  3. އަމިއްލައަށް މަސައްކަތް މެނޭޖްކުރަން އެނގުމާއި، ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ޒިންމާދާރުގޮތެއްގައި ކުރަން އެނގުން.
  4. ރަނގަޅުގޮތުގައި މީހުންނާއި މުޢާމަލާތުކޮށް، މަސައްކަތުގެ މާހައުލުގައި ދިމާވާ މައްސަލަތައް އަމިއްލައަށް ހައްލުކުރަން އެނގުން.

މައިގަނޑު މަސައްކަތްތައް:

އެން.ސީ.އައި.ޓީގެ ބެލުމުގެ ދަށުން ހިންގާ އިންފޮރމޭޝަން އިންފްރާސްޓްރަކްޗަރގެ ސިސްޓަމްތަކާއި ނެޓްވާރކްގެ، ސެކިއުރިޓީ ބެލެހެއްޓުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރުމަކީ މިމަސައްކަތް ހަވާލުވާ ފަރާތުން ކުރަންޖެހޭނެކަމެކެވެ.

  1. ސިސްޓަމްތަކާއި ނެޓްވާރކްގެ ސެކިއުރިޓީ ވަލްނަރަބިލިޓީސް ހޯދައި، ސިސްޓަމްތަކާއި ނެޓްވާރކް ބަލަހައްޓަވާ ބޭފުޅުންނާއެކު މަސައްކަތް ކުރައްވައިގެން، ޙައްލު ހޯދައި، އިމްޕްލިމަންޓުކޮށް، ސިސްޓަމްތަކާއި ނެޓްވާރކް ރައްކައުތެރިކުރުން.
  2. މިގޮތުން ހޯދޭ ވަލްނަރަބިލިޓީސް އާއި ހައްލުތައް ޑޮކިއުމަންޓުކޮށް، މި ވަލްނަރަބިލިޓީސް ތަކުރާރު ނުވާނޭހެން، ސިސްޓަމްތަކާއި ނެޓްވާރކް ސެކިއުރިޓީ ޗެކްލިސްޓްތަކާއި ނޮލެޖްބޭސްއެއް ތައްޔާރުކޮށް ބެލެހެއްޓުން.
  3. އިންފޮމޭޝަން އިންފްރާސްޓްރަކްޗަރ ސެކިއުރިޓީ ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ބޭނުންވާ އިންޓްރޫޝަން ޑިޓެކްޝަން ފަދަ ކައުންޓަރ މެޝާޒްތަކަކީ ކޮބައިތޯ ބަލައި، އެން.ސީ.އައި.ޓީގެ މަޝްވަރާގެ މަތީން، މިފަދަ ސިސްޓަމްތަކާއި ޕްރޮސީޖަރތައް ޤާއިމުކޮށް، ޑޮކިއުމަންޓްކޮށް، ބެލެހެއްޓުން.
  4. އިންފޮރމޭޝަން އިންފްރާސްޓްރަކްޗަރ ސެކިއުރިޓީ މެނޭޖްމަންޓް ސިސްޓަމެއް، ISO 27001 ގެ ފެންވަރަށް، އެން.ސީ.އައި.ޓީ ގައި ޤާއިމުކުރުމަށް ޕްލޭނެއް އެކުލަވާލައި، އެން.ސީ.އައި.ޓީ އަށް ހުށަހަޅާ، މެނޭޖްމަންޓްގެ ހުއްދައާއެކު، އެން.ސީ.އައި.ޓީން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި އިމްޕްލިމެންޓް ކުރުން. 

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

 

  • ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ).
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު).
  • ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ.

ހުށަހަޅަންޖެހޭ ތާރީޚު: މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ބޭފުޅުން 02 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތަކާއެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މިއޮފީހުގެ އީމެއިލަށް [email protected] ފޮނުއްވުން އެދެމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3344000 ނަންބަރަށެވެ.

އޮފީހުގެ މަޢުލޫމާތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،

64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 334 4000(960)، ފެކްސް ނަންބަރު: 4004334(960)

އީމެއިލް އެޑްރެސް: [email protected]

ވެބްސައިޓް: www.ncit.gov.mv

05 ރަމަޟާން 1436

22 ޖޫން 2015