ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ މަސްމާރުކޭޓުގައި ކަނޑާ މަހުގެ އުކާލަންޖެހޭ ބައިތައް 2 އަހަރު ދުވަހުގެ މުއްދަތަށް އުކާލައިދޭނެ ފަރާތެއް ހޯދުން.

މި އިޢުލާންވަނީ 07 ނޮވެންބަރު 2024 12:58 ގައި ބާތިލް ކުރެވިފައެވެ.


 (IUL)258/258/2024/73ނަންބަރު:                               

އިޢުލާން

      

ހަނިމާދޫ މަސްމާރުކޭޓުގައި ކަނޑާ މަހުގެ އުކާލަންޖެހޭ ބައިތައް، 2 އަހަރުދުވަހުގެ މުއްދަތަށް އުކާލައިދޭނެ ފަރާތެއް ހޯދުން.

                    ހަނިމާދޫ މަސްމާރުކޭޓު ސަރަޙައްދުގައި ކަނޑާ މަހުގެ އުކާލަންޖެހޭ ބައިތައް، އުކާލުމަށް ދެއަހަރު ދުވަހަށް އައުޓްސޯސްކޮށް ކުރިއަށް ގެންދިއުމަށް 2024 ސެޕްޓެމްބަރ 25 ވަނަ ދުވަހު ބޭއްވުނު މި ކައުންސިލްގެ 40 ވަނަ ދައުރުގެ 152 ވަނަ ބައްދަލުވުމުން ނިންމާފައިވާތީ، މަސްމާރުކޭޓުގައި ކަނޑާ މަހުގެ އުކާލަންޖެހޭ ބައިތައް، ކައުންސިލުން ކަނޑައަޅާ ސަރަޙައްދަކަށް އުކާލައިދޭނެފަރާތެއް ހޯދަންބޭނުން ވެއްޖެއެވެ.

                    ވީމާ މިކަމަށް ޝަޢުޤުވެރިވެލައްވާ  ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށައެޅުއްވުންއެދެމެވެ.

ތަފްސީލު

ތާރީޙް

ގަޑި

މަޢުލޫމާތު ސާފުކުރުން

 17 އޮކްޓޯބަރ 2024

13:00

އަންދާސީ ހިސާބުހުށައެޅުން އަދި ހުޅުވުން

27 އޮކްޓޯބަރ 2024

11:00

                

                 އަންދާސީ ހިސާބު ހުށައެޅުއްވުމަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކުންވެސް ހުށައެޅުއްވޭނީ 1 (އެކެއް) އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށައެޅުއްވުން އޮންނާނީ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވި ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށައެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.

                 ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                 06 ރަބީޢުލްއާޚިރް 1446

                 09 އޮކްޓޫބަރ  2024

09 އޮކްޓޫބަރު 2024
ހޯދާ