ދިވެހިރާއްޖެ
މި އިޢުލާންވަނީ 07 ނޮވެންބަރު 2024 12:58 ގައި ބާތިލް ކުރެވިފައެވެ.
(IUL)258/258/2024/73ނަންބަރު:
އިޢުލާން
ހަނިމާދޫ މަސްމާރުކޭޓުގައި ކަނޑާ މަހުގެ އުކާލަންޖެހޭ ބައިތައް، 2 އަހަރުދުވަހުގެ މުއްދަތަށް އުކާލައިދޭނެ ފަރާތެއް ހޯދުން.
ހަނިމާދޫ މަސްމާރުކޭޓު ސަރަޙައްދުގައި ކަނޑާ މަހުގެ އުކާލަންޖެހޭ ބައިތައް، އުކާލުމަށް ދެއަހަރު ދުވަހަށް އައުޓްސޯސްކޮށް ކުރިއަށް ގެންދިއުމަށް 2024 ސެޕްޓެމްބަރ 25 ވަނަ ދުވަހު ބޭއްވުނު މި ކައުންސިލްގެ 40 ވަނަ ދައުރުގެ 152 ވަނަ ބައްދަލުވުމުން ނިންމާފައިވާތީ، މަސްމާރުކޭޓުގައި ކަނޑާ މަހުގެ އުކާލަންޖެހޭ ބައިތައް، ކައުންސިލުން ކަނޑައަޅާ ސަރަޙައްދަކަށް އުކާލައިދޭނެފަރާތެއް ހޯދަންބޭނުން ވެއްޖެއެވެ.
ވީމާ މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށައެޅުއްވުންއެދެމެވެ.
ތަފްސީލު |
ތާރީޙް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
17 އޮކްޓޯބަރ 2024 |
13:00 |
އަންދާސީ ހިސާބުހުށައެޅުން އަދި ހުޅުވުން |
27 އޮކްޓޯބަރ 2024 |
11:00 |
އަންދާސީ ހިސާބު ހުށައެޅުއްވުމަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކުންވެސް ހުށައެޅުއްވޭނީ 1 (އެކެއް) އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށައެޅުއްވުން އޮންނާނީ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވި ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށައެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
06 ރަބީޢުލްއާޚިރް 1446
09 އޮކްޓޫބަރ 2024