ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އެސިސްޓެންޓް ރޯޑް މެއިންޓެނެންސް އޮފިސަރ
ބޭނުންވާ އަދަދު :1

މި ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް:

އެސިސްޓެންޓް ރޯޑް މެއިންޓެނެންސް އޮފިސަރ

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

އެސިސްޓެންޓް އޮފިސަރ - ގްރޭޑް 1

އަސާސީ މުސާރަ:

މަހަކު -/4000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް

-   ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

-   އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

-   އެހެނިހެން އެލަވަންސް: -/1600ރ

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މާލެ ސައިޓު

ފެންވަރު ނުވަތަ ޝަރުތު:

 

-  މަސައްކަތާ ގުޅުންހުރި ދާއިރާއަކުން 2 – 4 އަހަރުގެ ތަޖުރިބާ ލިބިފައިވުން

 

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

-  މަސައްކަތުގެ މާޙައުލުގައި ބޭނުންކުރާ އެންމެހައި އާލާތްތައް ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން.

-  ގަސްތަކަށް ފެންދީ ބެލެހެއްޓުމާއި ޕޮޓްތައް ސާފުކޮށް ބެލެހެއްޓުން

-  މަޝްރޫޢުތަކަށް ބޭނުންވާ ތަކެތި ސައިޓުތަކަށް ގެންދިއުމުގައި އެތަކެތި އުފުލައި ބާލައި ހެދުން

-  މަސައްކަތް ހިނގަމުންދާ ސަރަހައްދު ސާފުކުރުން

-  މަސައްކަތުގެ މާޙައުލުގައި އުފެދޭ ކުނި ޤަވާއިދުން އުކާލުން ނުވަތަ އޮންނަ ޢުޞޫލުތަކުގެ ތެރެއިން ނައްތާލުން

-  މީގެ އިތުރުންވެސް ޕްރޮޖެކްޓާއި ގުޅިގެން ސުޕަވައިޒަރު އަންގާ އެހެނިހެން މަސައްކަތް ކުރުން

ސުންގަޑި:

-  މިވަޒީފާތަކަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 15 އޮކްޓޯބަރ 2024 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން، މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަންގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ވަޒިފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  6. ދޫކުރި ފަހުން ތިން މަސް ދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

-  އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

-  މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ.

-  މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ އޮކްޓޯބަރ / ނޮވެމްބަރ މަހުގެ ތާރީޚެއްގައިއެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

                         05 ރަބީޢުލްއާޚިރް 1446

08 އޮކްޓޫބަރު 2023
ހޯދާ