ދިވެހިރާއްޖެ
| މަޤާމް :އެސިސްޓެންޓް ރޯޑް މެއިންޓެނެންސް އޮފިސަރ | |
|---|---|
| ބޭނުންވާ އަދަދު :1 | |
މި ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
|
މަޤާމް: |
އެސިސްޓެންޓް ރޯޑް މެއިންޓެނެންސް އޮފިސަރ |
|
ބޭނުންވާ އަދަދު: |
01 (އެކެއް) |
|
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
|
ކްލެސިފިކޭޝަން / ރޭންކް: |
އެސިސްޓެންޓް އޮފިސަރ - ގްރޭޑް 1 |
|
އަސާސީ މުސާރަ: |
މަހަކު -/4000 ރުފިޔާ |
|
އެހެނިހެން ޢިނާޔަތްތައް |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: -/1600ރ އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
|
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މާލެ ސައިޓު |
|
ފެންވަރު ނުވަތަ ޝަރުތު: |
- މަސައްކަތާ ގުޅުންހުރި ދާއިރާއަކުން 2 – 4 އަހަރުގެ ތަޖުރިބާ ލިބިފައިވުން
|
|
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- މަސައްކަތުގެ މާޙައުލުގައި ބޭނުންކުރާ އެންމެހައި އާލާތްތައް ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން. - ގަސްތަކަށް ފެންދީ ބެލެހެއްޓުމާއި ޕޮޓްތައް ސާފުކޮށް ބެލެހެއްޓުން - މަޝްރޫޢުތަކަށް ބޭނުންވާ ތަކެތި ސައިޓުތަކަށް ގެންދިއުމުގައި އެތަކެތި އުފުލައި ބާލައި ހެދުން - މަސައްކަތް ހިނގަމުންދާ ސަރަހައްދު ސާފުކުރުން - މަސައްކަތުގެ މާޙައުލުގައި އުފެދޭ ކުނި ޤަވާއިދުން އުކާލުން ނުވަތަ އޮންނަ ޢުޞޫލުތަކުގެ ތެރެއިން ނައްތާލުން - މީގެ އިތުރުންވެސް ޕްރޮޖެކްޓާއި ގުޅިގެން ސުޕަވައިޒަރު އަންގާ އެހެނިހެން މަސައްކަތް ކުރުން |
|
ސުންގަޑި: |
- މިވަޒީފާތަކަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 15 އޮކްޓޯބަރ 2024 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން، މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected] އަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަންގެ ވެބްސައިޓް www.rdc.com.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
|
އިންޓަވިއު: |
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ. - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. - މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ އޮކްޓޯބަރ / ނޮވެމްބަރ މަހުގެ ތާރީޚެއްގައިއެވެ. |
|
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
05 ރަބީޢުލްއާޚިރް 1446