މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިބަރ ޑަސްޓްބިން ހަދައިދޭނޭ ފަރާތެއް ހޯދުން

މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ފައިބަރ ޑަސްޓްބިންތަކެއް ހަދައިދޭނޭ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 29 ޖޫން 2015 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 06 ޖުލައި 2015 ވާ ހޯމަ ދުވަހުގެ 13:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅުއްވަންޖެހޭ ލިޔެކިޔުންތައް:-

  • އަމިއްލަ ފަރާތަކުންނަމަ އައިޑީކާޑުގެ ސާފުކޮޕީއެއް  
  • ކުންފުންޏަކުންނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއަކާއި ޖީއެސްޓީ ރަޖިސްޓަރީގެ ކޮޕީއެއް
  • ކްލަބް ޖަމްޢިއްޔާއަކުންނަމަ އެކްލަބެއްގެ ރަޖިސްޓަރީގެ ކޮޕީއެއް   

ލިޔެކިޔުންތައް ފުރިހަމަ ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ.

ހުށަހެޅޭ އަންދާސީހިސާބުތަކަށް ޕޮއިންޓް ދެވޭނެ އުސޫލު

މާކްސް ދެވޭ ކްރައިޓީރިއާ

މާކްސް ދެވޭގޮތް

ތަފުސީލު

ފޯމިއުލާ

އަގު

75%

ދިވެހިރުފިޔާއިން ހުށަހެޅޭ އެންމެ ކުޑައަގު

(ބެންޗްމާކް އަގު/ ހުށަހެޅުނު އަގު) x ކަނޑައެޅިފައިވާ % 

ސަޕްލައި ކޮށްދޭ މުއްދަތު

20%

މުއްދަތު ޖަހަންވާނީ ދުވަހުން، ހުށަހެޅޭ އެންމެ ކުރު މުއްދަތު

(ބެންޗްމާކް ކުރުމުއްދަތު/ ހުށަހެޅުނު މުއްދަތު) x

ކަނޑައެޅިފައިވާ % 

މަސައްކަތުގެ ތަޖުރިބާ

5%

ކުރިން މިފަދަ މަސައްކަތެއް ކުރައްވާފައިވާނަމަ ހުށަހަޅާފައިވާ ލިޔުމަށް

(ބެންޗްމާކް ތަޖުރިބާ/ ހުށަހެޅުނު ތަޖުރިބާ)x

ކަނޑައެޅިފައިވާ % 

އަންދާސީހިސާބުތައް ކެނޑުން އޮންނާނީ މިއިދާރާގެ ޖަލްސާކުރާ މާލަމުގައި އެދުވަހުގެ މެންދުރު ފަހުގެ 13:35 ގައި އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ހާޒިރުގައެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

28 ޝަޢުބާން 1436

15 ޖޫން 2015
ހޯދާ