ދިވެހިރާއްޖެ
މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ފައިބަރ ޑަސްޓްބިންތަކެއް ހަދައިދޭނޭ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 29 ޖޫން 2015 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 06 ޖުލައި 2015 ވާ ހޯމަ ދުވަހުގެ 13:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ހުށަހަޅުއްވަންޖެހޭ ލިޔެކިޔުންތައް:-
- އަމިއްލަ ފަރާތަކުންނަމަ އައިޑީކާޑުގެ ސާފުކޮޕީއެއް
- ކުންފުންޏަކުންނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއަކާއި ޖީއެސްޓީ ރަޖިސްޓަރީގެ ކޮޕީއެއް
- ކްލަބް ޖަމްޢިއްޔާއަކުންނަމަ އެކްލަބެއްގެ ރަޖިސްޓަރީގެ ކޮޕީއެއް
ލިޔެކިޔުންތައް ފުރިހަމަ ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ.
ހުށަހެޅޭ އަންދާސީހިސާބުތަކަށް ޕޮއިންޓް ދެވޭނެ އުސޫލު
މާކްސް ދެވޭ ކްރައިޓީރިއާ |
މާކްސް ދެވޭގޮތް |
ތަފުސީލު |
ފޯމިއުލާ |
އަގު |
75% |
ދިވެހިރުފިޔާއިން ހުށަހެޅޭ އެންމެ ކުޑައަގު |
(ބެންޗްމާކް އަގު/ ހުށަހެޅުނު އަގު) x ކަނޑައެޅިފައިވާ % |
ސަޕްލައި ކޮށްދޭ މުއްދަތު |
20% |
މުއްދަތު ޖަހަންވާނީ ދުވަހުން، ހުށަހެޅޭ އެންމެ ކުރު މުއްދަތު |
(ބެންޗްމާކް ކުރުމުއްދަތު/ ހުށަހެޅުނު މުއްދަތު) x ކަނޑައެޅިފައިވާ % |
މަސައްކަތުގެ ތަޖުރިބާ |
5% |
ކުރިން މިފަދަ މަސައްކަތެއް ކުރައްވާފައިވާނަމަ ހުށަހަޅާފައިވާ ލިޔުމަށް |
(ބެންޗްމާކް ތަޖުރިބާ/ ހުށަހެޅުނު ތަޖުރިބާ)x ކަނޑައެޅިފައިވާ % |
އަންދާސީހިސާބުތައް ކެނޑުން އޮންނާނީ މިއިދާރާގެ ޖަލްސާކުރާ މާލަމުގައި އެދުވަހުގެ މެންދުރު ފަހުގެ 13:35 ގައި އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ހާޒިރުގައެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
28 ޝަޢުބާން 1436