ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެޔޮ ވިއްކުމަށް އުތީމު ބަނދަރުން ބިންދޫކުރުން

އިޢުލާން

                            

ތެޔޮ ވިއްކުމަށް އުތީމު ބަނދަރުން ބިންދޫކުރުން

 

          އުތީމު ބަނދަރު ސަރަހައްދުން ތެޔޮ ވިއްކުމަށް 25 އަހަރުދުވަހުގެ މުއްދަތަށް 01 ބިން ކުއްޔަށް ދިނުމަށް އުތީމު ކައުންސިލުން ކޮށްފައިވާ ނަންބަރު: (IUL)255/255/2024/44 ( 19 ސެޕްޓެންބަރު 2024 ) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅުއްވާފައި ނުވާތީ، އެކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

     ވީމާ، އިސްވެދެންނެވި ވިޔަފާރީގެ ބޭނުމަށް ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަތަކުން 13 އޮކްޓޫބަރު 2024 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން މިކައުންސިލަށް ވަޑައިގެން ބިމަށް އެދޭ ފޯމް ހުށަހެޅުއްވުން އެދެމެވެ. ބިމަށް އެދޭ ފޯމެއްގެ އަގަކީ -/100ރ އެވެ. މިފޯމް ލިބެން ހުންނާނީ ކައުންސިލްގެ އިދާރާއިންނެވެ.

 

     އަދި، މިކަމަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިގަތުން އޮންނާނީ  21 އޮކްޓޫބަރު 2024 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00ގައި އުތީމު ކައުންސިލްގެ އިދާރާގައެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސެޝަން އެއް ނޯންނާނެއެވެ. އިތުރު މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންފުޅުވާނަމަ ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 08:00 ން 14:00 އަށް މިކައުންސިލްގެ ނަންބަރު 6500038 އަށް ގުޅުއްވައިގެން އެކަމެއް ސާފުކުރެއްވުން އެދެމެވެ.

ބިމުގެ މަޢުލޫމާތު:-

#

ބިން އޮތް ސަރަހައްދު

ބިމުގެ ބާވަތް

މުއްދަތު

ބިމުގެ ބޮޑުމިން

ދޫކުރެވޭ އެންމެ ކުޑަކުލި

1

ހއ.އުތީމު ބަނދަރުގެ ހުޅަނގު ފަރާތުގައި

ތެޔޮވިއްކާ

25 އަހަރު

2324 އަކަފޫޓު

އަކަފޫޓަކަށް މަހަކު 0.75 ލާރި ( ފުރަތަމަ 5 އަހަރަށް )

ނޯޓް: މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.              

06 އޮކްޓޫބަރު 2024
ހޯދާ