ދިވެހިރާއްޖެ
އިޢުލާން
ތެޔޮ ވިއްކުމަށް އުތީމު ބަނދަރުން ބިންދޫކުރުން
އުތީމު ބަނދަރު ސަރަހައްދުން ތެޔޮ ވިއްކުމަށް 25 އަހަރުދުވަހުގެ މުއްދަތަށް 01 ބިން ކުއްޔަށް ދިނުމަށް އުތީމު ކައުންސިލުން ކޮށްފައިވާ ނަންބަރު: (IUL)255/255/2024/44 ( 19 ސެޕްޓެންބަރު 2024 ) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅުއްވާފައި ނުވާތީ، އެކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، އިސްވެދެންނެވި ވިޔަފާރީގެ ބޭނުމަށް ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަތަކުން 13 އޮކްޓޫބަރު 2024 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން މިކައުންސިލަށް ވަޑައިގެން ބިމަށް އެދޭ ފޯމް ހުށަހެޅުއްވުން އެދެމެވެ. ބިމަށް އެދޭ ފޯމެއްގެ އަގަކީ -/100ރ އެވެ. މިފޯމް ލިބެން ހުންނާނީ ކައުންސިލްގެ އިދާރާއިންނެވެ.
އަދި، މިކަމަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިގަތުން އޮންނާނީ 21 އޮކްޓޫބަރު 2024 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00ގައި އުތީމު ކައުންސިލްގެ އިދާރާގައެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސެޝަން އެއް ނޯންނާނެއެވެ. އިތުރު މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންފުޅުވާނަމަ ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 08:00 ން 14:00 އަށް މިކައުންސިލްގެ ނަންބަރު 6500038 އަށް ގުޅުއްވައިގެން އެކަމެއް ސާފުކުރެއްވުން އެދެމެވެ.
ބިމުގެ މަޢުލޫމާތު:-
# |
ބިން އޮތް ސަރަހައްދު |
ބިމުގެ ބާވަތް |
މުއްދަތު |
ބިމުގެ ބޮޑުމިން |
ދޫކުރެވޭ އެންމެ ކުޑަކުލި |
1 |
ހއ.އުތީމު ބަނދަރުގެ ހުޅަނގު ފަރާތުގައި |
ތެޔޮވިއްކާ |
25 އަހަރު |
2324 އަކަފޫޓު |
އަކަފޫޓަކަށް މަހަކު 0.75 ލާރި ( ފުރަތަމަ 5 އަހަރަށް ) |
ނޯޓް: މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.