ދިވެހިރާއްޖެ
ރ. އަތޮޅު ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގެ ގޮތުން، ޓީމް އެކުލަވާލުމަށްޓަކައި ޓީމުގައި ބައިވެރިވުމުގެ ފުރުސަތު 07 އޮކްޓޯބަރ 2024 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލަމެވެ.
ދުވާފަރު ފުޓްސަލް ޓީމުގައި ބައިވެރިވާން ޝައުޤުވެރިވާ ޒުވާނުންނާއި ދަރިވަރުން މި އިދާރާއަށް ފޯމް ހުށައެޅުމަށް ދަންނަވަމެވެ. މި ކަމަށް އެދި ހުށައަޅާ ފޯރމް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރުފަހު 14:00 އަށް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.
އަދި ސްކޫލް ދަރިވަރުންނާއި 18 އަހަރުން ދަށުގެ ކުދިންނަށް ބައިވެރިވެވޭނީ އެކުއްޖަކު މުބާރާތުގައި ބައިވެރިވުމާއި މެދު ބެލެނިވެރިޔާގެ އިޢުތިރާޒެއް ނެތްކަން ކައުންސިލަށް ހުށައެޅުމުންނެވެ.
ބައިވެރިވެވޭނެ ފަރާތްތައް
- ދުވާފަރަށް/ ކަނދޮޅުދޫ އަށް ރަޖިސްޓްރީވެފައިވުން
- ބައިވެރިވާން އެދޭ ފަރާތުގެ މަންމަ ނުވަތަ ބައްޕަ ދުވާފަރު/ ކަނދޮޅުދޫއަށް ރަޖިސްޓްރީގައި އޮތުން
- ބައިވެރިވާން އެދޭ ފަރާތަކީ ދުވާފަރު މީހަކާ ކައިވެނިކޮށްގެން އުޅުން.
- ދުވާފަރުގައި ދިރިއުޅޭތާ މަދުވެގެން 06 މަސް ދުވަސްވެފައިވުން
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.