ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304-EDS/304/2023/202
ޕަބްލިޝްކުރި ތާރީޚް: 03 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 13:02
ސުންގަޑި: 07 އޮކްޓޫބަރު 2024 14:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.އަތޮޅު ކައުންސިލް ފުޓްސަލް މުބާރާތުގައި ދުވާފަރު ތަމްސީލުކުރާ ޓީމަށް ކުޅުންތެރިން ނެގުމާއި ގުޅޭ

             ރ. އަތޮޅު ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގެ ގޮތުން، ޓީމް އެކުލަވާލުމަށްޓަކައި ޓީމުގައި ބައިވެރިވުމުގެ ފުރުސަތު 07 އޮކްޓޯބަރ 2024 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލަމެވެ.

            ދުވާފަރު ފުޓްސަލް ޓީމުގައި ބައިވެރިވާން ޝައުޤުވެރިވާ ޒުވާނުންނާއި ދަރިވަރުން މި އިދާރާއަށް ފޯމް ހުށައެޅުމަށް ދަންނަވަމެވެ. މި ކަމަށް އެދި ހުށައަޅާ ފޯރމް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރުފަހު 14:00 އަށް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

            އަދި ސްކޫލް ދަރިވަރުންނާއި 18 އަހަރުން ދަށުގެ ކުދިންނަށް ބައިވެރިވެވޭނީ އެކުއްޖަކު މުބާރާތުގައި ބައިވެރިވުމާއި މެދު ބެލެނިވެރިޔާގެ އިޢުތިރާޒެއް ނެތްކަން ކައުންސިލަށް ހުށައެޅުމުންނެވެ.

ބައިވެރިވެވޭނެ ފަރާތްތައް

  • ދުވާފަރަށް/ ކަނދޮޅުދޫ އަށް ރަޖިސްޓްރީވެފައިވުން
  • ބައިވެރިވާން އެދޭ ފަރާތުގެ މަންމަ ނުވަތަ ބައްޕަ ދުވާފަރު/ ކަނދޮޅުދޫއަށް ރަޖިސްޓްރީގައި އޮތުން
  • ބައިވެރިވާން އެދޭ ފަރާތަކީ ދުވާފަރު މީހަކާ ކައިވެނިކޮށްގެން އުޅުން.
  • ދުވާފަރުގައި ދިރިއުޅޭތާ މަދުވެގެން 06 މަސް ދުވަސްވެފައިވުން

          ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

03 އޮކްޓޫބަރު 2024