ދިވެހިރާއްޖެ
އިޢުލާން ނަންބަރު: ASND-HCM-IUL-2024-41
މަޤާމް: ޕޮލިސީ އެންޑް ޕްލޭނިންގ ކޯޑިނޭޓަރ
ބޭނުންވާ އަދަދު: 01
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (1 އަހަރު)
ވަޒީފާ އަދާކުރަންޖެހޭ ތަން: ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، މާލެ
މަސައްކަތު ގަޑި: 8:00 އިން 16:00
މަޤާމުގެ ޝަރުތު:
1- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
2- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ތަޢުލީމީ ދާއިރާތައް:
1- ސޯޝަލް ޕޮލިސީ
2- ސޯޝަލް ސައިންސް
3- ޑިވެލޮޕްމަންޓް ސްޓަޑީސް
4- ޕަބްލިކް އެޑްމިނިސްޓްރޭޝަން
5- މެނޭޖްމަންޓް
މަޤާމުގެ މަސައްކަތުގެ ދާއިރާތައް
1- ސޯޝަލް ސާވިސަސް
2- އެޑްމިނިސްޓްރޭޝަން
3- މެނޭޖްމަންޓް
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- އެޖެންސީގެ މެންޑޭޓްގައި ކަނޑައަޅާފައިވާ ކަންތައްތައް ޙާޞިލުކުރުމަށް ބޭނުންވާ ސިޔާސަތުތައް އަދި ޕްލޭންތައް އެކަށައަޅާ، އެޕްލޭންތައް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ސެކްޝަންގެ ވެރިޔާގެ އިރުޝާދުގެ ދަށުން ރާވައި ހިންގުމާއި އަދި ޕްލޭންތައް ތަންފީޒުކުރަމުންދާ މިންވަރު ބަލައި ނަތީޖާ ޙާޞިލުކުރާ މިންވަރު ދެނެގަތުން.
- އެޖެންސީ ހިންގުމަށް ބޭނުންވާ އެކްޝަން ޕްލޭންތަކާއި ޕްރޮސީޖަރތައް އަދި ޕްރޮޖެކްޓްތައް ކަނޑައަޅައި، އެޕްލޭންތަކާއި ޕްރޮޖެކްޓްތައް ތަންފީޒުކުރެވެމުންދާ ގޮތް ބެލުން.
- ސެކްޝަންގެ ވެރިޔާގެ އިރުޝާދުގެ ދަށުން ގައުމީ ސިއްޙީ އިންޝުއަރެންސް ސްކީމްގެ ސިޔާސަތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި ސްކީމް ހިނގާ ނުހިނގާ ގޮތް ބެލުމާއި އަދި ސްކީމާއި ގުޅިގެން އެޖެންސީއިން ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.
- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރާއި އެޖެންސީގެ އެހެނިހެން ޚިދުމަތްތަކާއި ގުޅޭ ގޮތުން ތަފާސް ހިސާބު އެއްކޮށް ކަމާގުޅޭ ދާއިރާތަކާއެކު މަސައްކަތްކުރުމާއި އަދި ތަފާސްހިސާބު ބަލަހައްޓާ އެނަލައިޒްކުރުން.
- އެޖެންސީގެ މަސައްކަތްތަކާއި ގުޅުންހުރި، ދިވެހިރާއްޖެ ބައިވެރިވާ މުޢާހަދާތަކާއި އެއްބަސްވުންތަކުގައި ހިމެނޭ މަސައްކަތްތައް ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުމާއި ރިޕޯޓުކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓުކުރުމާއި އިސްލާކުރަންޖެހޭ ކަންތައްތައް އިޞްލާހުކުރުމަށް މަސައްކަތްކުރުން.
- އެޖެންސީއިން ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް ތަރައްޤީކުރުމަށް ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ލަފައާއި އެހީ ހޯދުމާއި އެފަދަ ޖަމްޢިއްޔާތަކާއެކު މަސައްކަތްކުރުން.
- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރާއި، އެޖެންސީން ކުރިއަށް ގެންދާ އެހީގެ ޕްރޮގްރާމް ތަކުގެ އެސް.އޯ.ޕީ ތައްޔާރުކުރުމާއި އެސް.އޯ.ޕީ ތަކާއި އެއްގޮތަށް ޕްރޮގްރާމްތައް ތަންފީޒުކުރެވެމުން ދޭތޯ ބެލުމާއި އަދި އެސް.އޯ.ޕީއަށް ބަދަލުގެންޖެހޭނަމަ ސެކްޝަތަކާއި ގުޅިގެން އެބަދަލުތައް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރާއި، އެޖެންސީން ކުރިއަށް ގެންދާ އެހީގެ ޕްރޮގްރާމް ތަކާއި ގުޅިގެން ހުށަހަޅާ އެޕްލިކޭޝަން ފޯމްތައް ނިންމުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ގަވާޢިދާއި އުސޫލާއި އެއްގޮތަށް ކުރުން.
- ހަވާލުކުރެވޭ މަސައްކަތާ ގުޅުން ހުރި މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަމާއި އިރުޝާދުދީ މަސައްކަތްތައް ސުޕަރވައިޒް ކުރުން.
އެހެނިހެން ހުނަރު:
- މައިކްރޯސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.
- އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
- ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން.
- ގިނަ ވަގުތު މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން.
މުސާރައާއި އިނާޔަތް:
- -/23،000.00 ރުފިޔާ
ކުރިމަތިލުމުގެ ސުންގަޑި: 09 އޮކްޓޯބަރ 2024 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން.
މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ފުރިހަމަ ކޮށްފައިވާ މި އޮފީހުގެ ވަޒީފާއަށް އެދޭ ފޯމު.
- ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.)
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް:
https://aasandha.mv/dv/downloads/job-application-forms
ޚާއްޞަ ސަމާލުކަމަށް:
- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު އާސަންދަ އޮފީހަށް ލިބިގެންވެއެވެ.
- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.